ފެނަކަ ކޯޕަރޭޝަން ހިންގުމުގެ މައްސަލަތަކާ ގުޅިގެން އެ ކުންފުނިން ދޭން ޖެހޭ ހިދުމަތްތަކަށް ބުރޫ އަރާފައިވާތީ އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ގޮވާލާ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
26 ޖޫން 2024
ފެނަކަ ކޯޕަރޭޝަން ހިންގުމުގެ މައްސަލަތަކާ ގުޅިގެން އެ ކުންފުނިން ދޭން ޖެހޭ ހިދުމަތްތަކަށް ބުރޫ އަރާފައިވާތީ އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ގޮވާލާ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
އެ ކުއްލި މައްސަލަ ބަލައިގަތުމަށް ފާސްވެފައިވާ އިރު، މަޖިލީހުގައި މިއަދު އެޖެންޑާގައި ބަހުސް ކުރާނެ އިތުރު މައްސަލައެއް ނެތެވެ. އެހެންވެ، މަޖިލީހުން ވަނީ މެންބަރުން ބަހުސްކޮށް ނިމެންދެން އެ ކުއްލި މައްސަލައިގެ ބަހުސް ކުރިޔަށް ގެންދަން ވެސް ފާސްކޮށްފަ އެވެ.
އެ މައްސަލަ ހުށަހަޅުއްވަމުން ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިިމް ދީދީ (އައިބީ) ވިދާޅުވީ ގިނަ ބަޔަކަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށް ދޭ ފެނަކަ ކުންފުނި ހިންގުމުގައި އެކި ސަރުކާރުތަކުން އިސްކޮށްފައިވާ ފަރާތްތަކުގެ އިހުމާލުން އެ ކުންފުންޏަށް ލިބިފައިވާ ގެއްލުންތަކާ ގުޅިގެން އާންމުންނަށް ދޭ ހިދުމަތްތަކަށް ބުރޫއަރައި، ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.
އައިބީ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ފެނަކަގެ އެމްޑީ އަހުމަދު ސައީދުގެ ބެލުމުގެ ދަށުން ދަތުރުފަތުރަށް އެކަނި 100 މިލިއަން ވަނީ ހަރަދު ކޮށްފަ އެވެ. އަދި ޖެނަރޭޓަރުތައް ސާވިސް ކުރަން 100 މިލިއަން ރުފިޔާ އާއި 60 މަޝްރޫއެއް ހިންގަން ވެސް އެ އަދަދަށް ފައިސާ ހަރަދު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ފައިސާ އަށް ވީނުވީ ގޮތެއް އެނގޭކަށް ނެތް. މަޝްރޫއެއް ނިމިފައި ނެތް،" އައިބީ ވިދާޅުވި އެވެ.
ފެނަކަ އިން އެސްޓީއޯ އަށް ދެ ބިލިއަން ދައްކަން ޖެހޭ އިރު 2019 ވަނަ އަހަރުން ފެށިގެން އެންމެ ފައިސާ އެއް ވެސް ނުދައްކާ ހުރި ކަމަށް އައިބީ ވިދާޅުވި އެވެ. އަދި މި ސަރުކާރުން އައިސް އެ ފައިސާތައް ބަރާބަރަށް ދައްކަން ފަށާފައިވާ ކަމަށާއި އެހެން ފަރާތްތަކަށް ފައިސާ ދިނުން ދަތިވަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކުއްލި މައްސަލައަކީ ރައްޔިތުންނާއި ގައުމުގެ މަސްލަހަތު ސީދާ އަސަރު ކުރާ ބޮޑު މައްސަލައަކަށް ވާތި ސަރުކާރުގެ ސަމާލު ކަމަށް ގެނައުމާއި ސަރުކާރުން އަޅަން ގަސްތުކުރާ ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަތުމަށް ހުށަހަޅާ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފެނަކަ ހަމައަކަށް ނޭޅެނީ ކުރީގެ އިހުމާލާހެދި: ނަޖާހު
ފެންނަނީ ކޮރަޕްޝަން ނުހުއްޓޭ ތަން: ނާޒިމް
އަބްދުއްރަހީމާއި ރިޔާޒަށް ފައިދާ ހޯދައެއްނުދެން: ނިމާލް
ސައީދަށް ކުރާ ދެވަނަ ދައުވާ ކުރިއަށް ގެންދެވޭނެ: ކޯޓް
"ފެނަކައާ ގުޅޭ 161 މައްސަލަ ތަހުގީގު އެބަކުރަން"
ކޮރަޕްޝަން ކުށަށް ދޭންވީ އެންމެ ބޮޑު އަދަބު:ފަނޑިޔާރު
ފެނަކަ ހުލިކޮށްލާއިރު ވެސް ތިބެނީ ބަލަހައްޓައިގެން!
ފެނަކަ ސައީދު ހަތަރު އަހަރަށް ޖަލަށް!
ސައީދަށް ކުރި ދައުވާއެއްގެ ހުކުމް މިއަދު އިއްވަނީ
ކޮރަޕްޝަންތައް ފަޅާއެރުމުން ސައީދަށް ގޯސްވީ ރިޕޯޓް