Roadha Mihaaru
ލ. އަތޮޅަށް އެމްއައިބީގެ ސާވިސް ސެންޓަރެއް

ލ. އަތޮޅަށް އެމްއައިބީގެ ސާވިސް ސެންޓަރެއް

26 ޖޫން 2024

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އެ ބެންކުގެ ހިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ލ. އަތޮޅުގައި ސާވިސް ސެންޓަރަކާއި އޭޓީއެމްއެއް ހުޅުވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އެ ބެންކުގެ ހިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ލ. އަތޮޅުގައި ސާވިސް ސެންޓަރަކާއި އޭޓީއެމްއެއް ހުޅުވައިފި އެވެ.

އެމްއައިބީ އިން ސާވިސް ސެންޓަރު ހުޅުވީީ ލ. ގަމުގަ އެވެ. އޭޓީއެމް ހުޅުވީ ލ. ކައްދޫ އެއާޕޯޓުގަ އެވެ.

އެ ބޭންކުން ބުނީ، ލ. އަތޮޅުގައި ހުޅުވި ސާވިސް ސެންޓަރުން އެމްއައިބީ އިން ދޭ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށެވެ. އެ ތަނުން އެކައުންޓް ހުޅުވުމާއި ކާޑު ދޫކުރުމާއި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމުގެ އިތުރުން ވިޔަފާރިތަކާއި އަމިއްލަ ފަރުދުން ބޭނުން ވާ އެކި ހިދުމަތް ލިބޭނެ އެވެ. އަދި 24 ގަޑިއިރު އޭޓީއެމްގެ ހިދުމަތްތައް ލިބޭނެކަން ފާހަގަކުރި އެވެ.

އެމްއައިބީ އިން ބުނީ، މި ސެންޓަރުން ވިޔަފާރިތަކަށް ބޭނުންވާ ޕީއޯއެސްގެ ހިދުމަތަށް އެދުމާއި ވިޔަފާރި އެކައުންޓު ހުޅުވުމާއި އިންޓަނެޓް ބޭންކިން އަށް އެދުމުގެ އިތުރުން މުސާރަ ޖަމާކުރުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށެވެ. އެ އަތޮޅުގައި އެމްއައިބީގެ ހިދުމަތްތައް ފުޅާވުމަކީ އެ ބޭންކުގެ މާލީ ފެސިލިޓީތަކަށް އެދުމަށް ފަސޭހަވާނެ ކަމެއް ކަމަށް ބުންޏެވެ.

އެމްއައިބީގެ ގިނަ ހިދުމަތްތަކަކީ ރައްކާތެރިކަމާ އެކު އޮންލައިންކޮށް ދޭ ހިދުމަތްތަކެކެވެ. އެމްއައިބީ އިން އެކައުންޓު ހުޅުވުމާއި އިންޓަނެޓް ބޭންކިން އަށް ރަޖިސްޓަރީ ކުރުމާއި "އުޖާލާ ދިރިއުޅުން" ފެސިލިޓީއަށް ހުށަހެޅުން ފަދަ ގިނަ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ އެވެ.