Roadha Mihaaru
އިސްލާހީ އެޖެންޑާއިން ރޭޓިން މަތިވުމުގެ ފުރުސަތު ބޮޑު

މޫޑީސް އިން ބުނީ އިސްލާހީ އެޖެންޑާއިން ރޭޓިން މަތިވުމުގެ ފުރުސަތު ބޮޑު ކަމަށް

27 ޖޫން 2024

ސަރުކާރުން ތަންފީޒު ކުރަން ފަށާފައިވާ އިގުތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން ކައިރި މުސްތަގުބަލުގައި އިގުތިސޯދު ސިންދަފާތުވެ، މާލީ ހާލަތު ރަނގަޅުވެ ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިވުމުގެ ފުރުސަތު ބޮޑުކަމަށް މޫޑީސް އިންވެސްޓާސް ސާވިސަސް އިން މިއަދު ބުނެފި އެވެ.

ސަރުކާރުން ތަންފީޒު ކުރަން ފަށާފައިވާ އިގުތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން ކައިރި މުސްތަގުބަލުގައި އިގުތިސޯދު ސިންދަފާތުވެ، މާލީ ހާލަތު ރަނގަޅުވެ ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިވުމުގެ ފުރުސަތު ބޮޑުކަމަށް މޫޑީސް އިންވެސްޓާސް ސާވިސަސް އިން މިއަދު ބުނެފި އެވެ.

މީގެ ތިން އަހަރެއްހާ ދުވަސް ކުރިން މޫޑީސްއިން ރާއްޖެއަށް ދީފައިވާ ސީއޭއޭ1 ރޭޓިން ބަދަލުކުރަންޖެހޭ ހާލަތެއް ނެތް ކަމަށް މޫޑީސްގެ ޕީރިއަޑިކް ރިވިއުގައި ބުންޏެވެ.

މޫޑީސް އިން ބުނިގޮތުގައި، މެދުރާސްތާގައި ޓޫރިޒަމް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ވަރާއި އިގުތިސޯދީ ދުވެލީގެ އިތުރުން ޓެކްސްގެ ނިޒާމަށް ގެނައި ހެޔޮ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުވެ، އިގުތިސޯދީ ހާލަތު އެއް ވަރެއްގައި ހިފެހެއްޓޭނެ ކަމަށް ބެލެވެ އެވެ.

އަދި ސަރުކާރުން ތަންފީޒު ކުރަން ފަށާފައިވާ އިސްލާހީ ފިޔަވަޅުތަކާ އެކު އިގުތިސޯދު ސިންދަފާތު ކުރުމާއި މީހުން ބިނާކުރުމަށް ކުރެވޭ އިންވެސްޓުމަންޓުތަކުން، ކުރިމަގުގައި ކްރެޑިޓް ރޭޓިން މަތިވުމުގެ ފުރުސަތު ބޮޑު ކަމަށް މޫޑީސް އިން ބުންޏެވެ.

މޫޑީސްގެ ރިވިއުގައި ވަނީ ސަރުކާރުން ތަންފީޒުކުރަން ފަށާފައިވާ އިސްލާހީ އެޖެންޑާގައި ހިމެނޭ ކަންކަމަށް އަމަލުކުރުން އަވަސް ކުރުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.

މޫޑީސްއިން ރިވިއުއެއް ނެރެފައި މިވަނީ، ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން މި އަހަރުގެ ރާއްޖޭގެ ރޭޓިން ދަށްކޮށް ރާއްޖެއަށް "ސީސީސީ ޕްލަސް" އެއް ދީފައި ވަނިކޮށެވެ.

ތިން އަހަރަށް ފަހު ރާއްޖޭގެ ރޭޓިން ދަށްކުރީ، ރާއްޖޭގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސް، ބޭރުގެ ދަރަނި އިތުރުވުމުންނެވެ. އަދި ރާއްޖޭގެ ރިޒާވު ދަށްވެ، ޑޮލަރުގެ ތާށިކަން ކުރިމަތިވެފައިވުމުގެ ސަބަބުންނެވެ.

އެކަމަކު ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ އެކު، އިގުތިސާދު ސިންދަފާތުކޮށް، ބޭރުގެ ލޮޅުންތަކަށް ވިލުންވެރިކަން އިތުރުވުމުން، މެދުރާސްތާގައި އެކަމުގެ ހެޔޮ އަސަރު ރޭޓިން އަށް ކުރާނެ ކަމަށް ފިޗް އިން ވެސް ވަނީ ބުނެފަ އެވެ.