13 އޮކްޓޯބަރ 2023
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު 50 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު 50 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފި އެވެ.
އެ މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފިސްކަލް ސްޓްރެޓެޖީ ބަޔާނުގައިވާ ވަނީ އަންނަ އަހަރުގެ ޖުމުލަ ހަރަދު 48 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކޮށްފަ އެވެ. އޭގެ ތެރެއިން ރިކަރަންޓް ހަރަދަށް 33 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ.
މި އަހަރަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވަނީ 42 ބިލިއަން ރުފިޔާގެ ބަޖެޓެވެ. އަހަރުން އަނެއް އަހަރަށް އެ މިނިސްޓްރީން ހުށަހަޅާ ބަޖެޓު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ބަޖެޓު ބޮޑުވަނީ، ދައުލަތުގެ އާމްދަނީ އިތުރުވެ، ކުރަން ޖެހޭ ހަރަދުތައް ވެސް އިތުރު ވާތީ އެވެ.
ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުގައި ބަޖެޓުގެ އަންދާޒާތައް ހާމަކުރި ނަމަވެސް، ބަޖެޓުގެ އަސްލު އަދަދު އެނގޭނީ، މި މަސް ނިމުމުގެ ކުރިން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުންނެވެ. އަންނަ އަހަރުގެ ބަޖެޓު އެކުލަވައިލުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން އަންނަނީ އަންނަ މަހުގެ 17 ގައި ވެރިކަމާ ހަވާލުވާ އާ ސަރުކާރާ އެކު ކުރަމުންނެވެ.
އަންނަ އަހަރަށް މަޝްރޫއުތައް ހިންގަން 15 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު އޭގެ ތެރެއިން ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ހާއްސަކުރި އަދަދަކީ 11 ބިލިއަނެވެ. "ނިއު ޕޮލިސީ އިނީޝީއޭޓިވް" ގެ ދަށުން އާ ކަންކަމަށް 1.3 ބިލިއަން ހޭދަކުރާނެ އެވެ.
ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި އަންނަ އަހަރު ބަޖެޓު ޑެފިސިޓް ހުންނާނީ 9.8 ބިލިއަން ރުފިޔާގަ އެވެ. މިއީ ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން 8.5 ޕަސެންޓެވެ.
ފިސްކަލް ސްޓްރެޓެޖީގައިވާ ގޮތުން އަންނަ އަހަރު ވެސް ބަޖެޓުގެ ހަރަދުތައް ހަމަޖައްސަން އާމްދަނީގެ އިތުރުން ބޮޑު އަދަދެއް ހޯދަން ޖެހެ އެވެ. އެގޮތުން 50 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި ނަމަ އަންނަ އަހަރު 13.4 ބިލިއަން ރުފިޔާ ބަޖެޓަށް އިތުރަށް ހޯދަން ޖެހެ އެވެ. އެ ފައިސާ ހޯދަން ބޭރުގެ ބާޒާރަށް ގޮސް ބޮންޑު ނުހޯދި ނަމަވެސް ބައިނަލްއަގްވާމީ އިދާރާތަކުން އެކުވެރި ގައުމުތަކުން ބަޖެޓު ސަޕޯޓަށް ލޯނު ހޯދަން ވަނީ ކަނޑައަޅައިފަ އެވެ. ބަޖެޓު ސަޕޯޓުގެ ގޮތުގައި 50 މިލިއަން އެމެރިކާ ޑޮލަރު ހޯދަން ކަނޑައަޅާފައިވެ އެވެ.
ރާއްޖޭގެ ބާޒާރުން، 6.1 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ވަނީ ކަނޑައަޅައިފަ އެވެ. އަންނަ އަހަރު ދަރަނި އަނބުރާ ދެއްްކުމަށް 2.5 ބިލިއަން ރުފިޔާ ހޭދަކުރާނެ އެވެ. އަދި 2025 ވަނަ އަހަރު ދަރަނި އަދާކުރަން 6.5 ބިލިއަން ރުފިޔާ ދަރަނި އަދާކުރަން ހޭދަކުރާ އިރު، އެންމެ ބޮޑު ދަރަންޏެއް ކުރިމަތިވާ، 2026 ވަނަ އަހަރު 11.5 ބިލިއަން ރުފިޔާގެ ދަރަނި އަދާކުރަން ޖެހެ އެވެ.
އަންނަ އަހަރު ވެސް ދައުލަތުގެ ދަރަނި ހުންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވަނީ މި އަހަރާ ދާދި އެއްވަރެއްގަ އެވެ. ދަރަނި 111 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައި ވެ އެވެ.
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި
ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު، ހަރަދު ކުޑަވެއްޖެ
އިސްލާހީ އެޖެންޑާއިން ރޭޓިން މަތިވުމުގެ ފުރުސަތު ބޮޑު
ހަރަދުތައް ކުޑަ ކުރަން ހަރުކަށި ފިޔަވަޅުތަކެއް އަޅަނީ
ދައުލަތުގެ ދަރަނި އަންނަ އަހަރު 129 ބިލިއަނަށް
ބަޖެޓުގެ 45 ޕަސެންޓް ހަ މަސް ތެރޭގައި ހޭދަކޮށްފި
ހަ މަސް ނިމުނުއިރު އާމްދަނީގެ ގޮތުގައި 10 ބިލިއަން
މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަމަހައްޓައިފި
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ