Roadha Mihaaru
މިސްކިތުގައި އަޑުގަދަ ކުރި މީހާ ޖަލުގައި ނިޔާވެއްޖެ

މިންބަރަށް އަރައި އަޑުގަދަ ކުރި މީހާ ޖަލުގައި ނިޔާވެއްޖެ

28 ޖޫން 2024

ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު ނިޔާވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު ނިޔާވެއްޖެ އެވެ.

ކަރެކްޝަންސް އިން ބުނީ، ނިޔާވެފައިވަނީ ށ. ފުނަދޫ ޒަމާނީވިލާ، މުހައްމަދު ޖަމީލް، 45އ ކަމަށެވެ.

ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮށް ގިނައިރު އޮތް ކަން ފާހަގަކުރެވިގެން މިއަދު ސީޕީއާރު ދީފައިވާ ކަމަށާއި އޭގެ ފަހުން ވެސް ބަދަލެއް ނައުމުން 12:13 ގައި މާފުށީ ސިއްހީ މަރުކަޒުގައި އޭނާއަށް ފަރުވާ ދީފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ކަރެކްޝަންސް އިން ބުނީ އޭނާ ހިތް ހުއްޓިގެން ނިޔާވެފައިވާ ކަމަށް ޑޮކްޓަރު ކަނޑައަޅާފައިވަނީ 12:45 ގައި ކަމަށެވެ.

ނަފްސާނީ ބައްޔަކަށް ވެސް ފަރުވާ ކުރަމުން އައި ޖަމީލަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރިއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

އޭނާ ނިޔާވުމާ ގުޅިގެން އާއިލާއާއި ފުލުހުންނާއި އެޗްއާރްސީއެމްގެ އިތުރުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އެކަން އަންގާފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

މި މީހާއަކީ އެންވައިރަަމެންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް އަލީ ސޯލިހަށް ވަޅިން ހަމަލާ ދީގެން ވެސް ހައްޔަރުކޮށްފައިވާ މީހެކެވެ. އަދި، އޭގެ ކުރިން ސަލްމާން މިސްކިތުގައި ހުކުރު ކުރަމުންދަނިކޮށް މިންބަރަށް އަރައި އަޑުގަދަކޮށް ނަމާދަށް ހުރަސްއެޅި މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވެ އެވެ.