03 ޖުލައި 2024
ބޮޑެތި ބަލިތައް ޖެހޭ މީހުން އިތުރުވަމުންދިޔަ ނަމަވެސް މެޑިކަލް ޗެކަޕް ހެދުމަށް އެންމެ އެކަށީގެންވާ ތަރުހީބެއް ނުލިބޭ ކަމަށް، އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ރޭ ވިދާޅުވެއްޖެ އެވެ.
ބޮޑެތި ބަލިތައް ޖެހޭ މީހުން އިތުރުވަމުންދިޔަ ނަމަވެސް މެޑިކަލް ޗެކަޕް ހެދުމަށް އެންމެ އެކަށީގެންވާ ތަރުހީބެއް ނުލިބޭ ކަމަށް، އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ހީނާ ވިދާޅުވީ އަހަރަކު ދެ ފަހަރު ހިލޭ މެޑިކަލް ޗެކަޕް ހެދޭ ގޮތަށް އުސޫލު ބަދަލު ކުރުމުން އާއްމުންނަށް ބޮޑު ފައިދާއެއްވާނެ ކަމަށެވެ.
މެޑިކަލް ޗެކަލް ހެދުމުން، ބަލީގައި ބޮޑުވަރުވުމުގެ ކުރިން ބައްޔެއް ޖެހިފައި ހުރިކަން ދެނެގަނެވޭ ކަމަށާއި އޭގެ ކުރިން ސިއްހީ މައްސަލައެއް އުޅޭކަން އެނގެނީ، އުނދަގުލެއް ވެގެން ޑޮކްޓަރަށް ދައްކައިގެން ކަމަށް ހީނާ ވިދާޅުވި އެވެ.
ޒުވާން އުމުރުގައި ވެސް ބޮޑެތި ބަލިތައް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދިއަސް، މެޑިކަލް ޗެކަޕް ހެދުމަކީ ޒުވާނުން އެހާ ސަމާލުކަން ދޭ ކަންކަމެއް ނޫންކަން ހީނާ ފާހަގަކުރެއްވި އެވެ. ނަމަވެސް، ހިލޭ އެކަން ވާނަމަ ޗެކަޕް ހަދަން ބާރު ލިބޭ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނެގުމަށް ޗެކަޕް ހެދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ހީނާ ވިދާޅުވި އެވެ.
އެ ހުރިހާ ކަމެއް ހުއްޓަސް، އެންސްޕާއިން ބުނީ މެޑިކަލް ޗެކަޕް ހަދަން އެންމެ ބޭނުންވާ ތަރުހީބެއް ނުލިބޭ ކަމަށެވެ.
މެޑިކަލް ޗެކަޕްގެ މައުލޫމާތު ދިނުމަށް މިދިޔަ ޖެނުއަރީ މަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި، އާސަންދައިގެ އެމްޑީ ޒީނިޔާ (ކ)، އެންސްޕާގެ ސީއީއޯ ހީނާ އަދި ދަރުމަވަންތައިގެ ސީއީއޯ ހަލީމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެންސްޕާ
"މިހާތަނަށް އަޅުގަނޑުމެންނަށް ލިބިފައި ހުރި ސްޓެޓްސްއަށް ބަލާއިރު މާ ބޮޑު ތަރުހީބެއް ނުލިބޭ އަޅުގަނޑުމެން އެންމެ ބޭނުންވާ ގޮތަކަށް. ނަމަވެސް، މެޑިކަލް ޗެކަޕްގެ އެހީ ވަރަށް ގިނަ ބޭފުޅުން ހޯދަމުންދާކަން ވެސް ފާހަގަކުރަން...އެކަމަކު، އެންމެ ބޭނުންވާ މިންވަރަކަށް ޗެކަޕް ހެދުމުގެ ބައި އެހާ ކުރިއަކަށް ނުދޭ،" ހީނާ ވިދާޅުވި އެވެ.
މެޑިކަލް ޗެކަޕް ބައްޓަންކޮށްފައިވަނީ، ކަމާ ގުޅޭ ޑޮކްޓަރުންގެ މަޝްވަރާތަކާ އެކު، އެންމެ ގިނަ ދިވެހިން ފަރުވާ ހޯދާ ބަލިތައް ދެނެގަނެވޭނެ ގޮތަށެވެ.
އޭގައި، ހިތާއި ކިޑްނީ ބަލިތަކާއި ކެންސަރު، އަދި ފުއްޕާމޭގެ ބަލިތަކުގެ އިތުރުން ހަކުރު ބަލި ހިމެނެ އެވެ.
އާސަންދައިގެ ތެރެއިން މެޑިކަލް ޗެކަޕް ހެދޭނީ ސަރުކާރުގެ ހެލްތު ސެންޓަރާއި ކްލިނިކް އަދި ހޮސްޕިޓަލްތަކުން އެކަންޏެވެ. އެ ފުރުސަތު 35 އަހަރުން މަތީގެ މީހުންނަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
އާސަންދައިގެ ދަށުން އައިވީއެފް ހެދޭނީ 3 ބުރު
އާސަންދަ ދޭނީ އިތުރު އިންޝުއަރެންސުން ކަނޑާފައި: ހީނާ
ޕްރައިވެޓް ހޮސްޕިޓަލުތަކަށް އާސަންދަ ޕެކޭޖްތަކެއް ހަދަނީ
ބަލްކުކޮށް ބޭސް ގެނައުމުން 300 މިލިއަން ސަލާމަތްވާނެ
އޭޑީކޭއަށް ލިބެންޖެހޭ ފައިސާގެ މައްސަލަ ކޮމިޓީއަށް!
މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން މެދުކަނޑާލައިފި
ފައި ޖަހަން އިބްރާހީމަށް އެންސްޕާއިން ވަނީ އެހީ ދީފައި
އާސަންދައިން އައިވީއެފް ހެދުމަށް ފުރުސަތު ހުޅުވާލައިފި
އައިވީއެފަށް އާސަންދަ ދޭ އުސޫލު މި މަހު ފައިނަލްކުރަނީ
ކުއްޖާގެ މަރާ ގުޅިގެން 6 އިދާރާއެއް ކޮމިޓީއަށް