މި އަހަރު ކުރިން އަންދާޒާ ކުރި މިންވަރަށް ވުރެ ޓޫރިޒަމް މަޑުޖެހުމުން، މި އަހަރު އިގްތިސޯދު ކުރިއަރާނެ ކުރިން ކަމަށް ލަފާކުރި މިންވަރު ދަށްކޮށްފި އެވެ.
މި އަހަރު ކުރިން އަންދާޒާ ކުރި މިންވަރަށް ވުރެ ޓޫރިޒަމް މަޑުޖެހުމުން، މި އަހަރު އިގްތިސޯދު ކުރިއަރާނެ ކުރިން ކަމަށް ލަފާކުރި މިންވަރު ދަށްކޮށްފި އެވެ.
މި އަހަރަށް ދައުލަތުގެ ބަޖެޓް އެކުލަވާލިއިރު، ރާއްޖޭގެ އިގުތިސޯދު ކުރިއަރާނެ ކަމަށް އޭރު ލަފާ ކޮށްފައިވަނީ 5.5 ޕަސެންޓަށެވެ.
އެކަމަކު ފިނޭންސް މިނިސްޓްރީން ނެރެފައިވާ މިދިޔަ މަހުގެ މެކްރޯ އިކޮނޮމިކް އަޕްޑޭޓުގައި އެ އަދަދު ވަނީ 4.9 އަށް ދަށްކޮށްފަ އެވެ.
މިކަމުގެ އެންމެ ބޮޑު ސަބަބަކީ އޭރު އަންދާޒާ ކުރި ވަރަށް ވުރެ ޓޫރިޒަމާއި އިމާރާތް ކުރުމުގެ ދާއިރާ މަޑުޖެހިފައިވުން ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
ޓޫރިޒަމްގެ ސިނާއަތަށް އައި މަޑުޖެހުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، އެ ރިޕޯޓުގައިވާ ގޮތުން އިންޑިއާއިން ޓޫރިސްޓުން އަންނަ މިންވަރު ވަރަށް ބޮޑަށް ދަށްވުމާއި، ރިސޯޓްތަކުގައި ޓޫރިސްޓުން ހޭދަކުރާ މުއްދަތާއި އަދި ރިސޯޓްތަކަށް އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުން ހިމެނެ އެވެ.
އިމާރާތް ކުރުމުގެ ދާއިރާއަށް މަޑުޖެހުން އައިސްފައިވަނީ ގައުމުގެ އިގްތިސާދީ ހާލަތާ ގުޅިގެން ސަރުކާރުން އަޅަން ފަށާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ޕީއެސްއައިޕީ މަޝްރޫއުތައް މަޑުޖައްސާލުމުން ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
އިމާރާތް ކުރުމުގެ ދާއިރާ ކުރިއަރާނެ ކަމަށް މިހާރު ލަފާކުރަނީ 0.7 ޕަސެންޓަށެވެ.
ޓޫރިޒަމް ކުރިއަރާ މިންވަރަށް މަޑުޖެހުމެއް އަންނާނެ ކަމަށް ލަފާކުރެވުނަސް، ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރަށް ވުރެ މިއަހަރު ޓޫރިޒަމުން ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވެ އެވެ. އެގޮތުން ޓޫރިޒަމުން މި އަހަރު ޖީޑީޕީއަށް ކުރާ ހިއްސާ 21.9 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް ލަފާކުރާ އިރު، އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 6.1 ޕަސެންޓުގެ ކުރިއެރުމެކެވެ.
ރިޕޯޓްގައި ބުނީ ޗައިނާއިން އަންނަ ޓޫރިސްޓުން މިއަހަރު އިތުރުވެފައިވުމުގެ ސަބަބުން ރާއްޖެއަށް މިއަހަރު ދެ މިިިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ކޮށްފައިވާ އަންދާޒާއަށް ވާސިލުވެވޭނެ ކަމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
ނުހެދި ހުރި 88 ރިސޯޓުން އަހަރަކު 26ބިލިއަން ގެއްލޭ
ސަރުކާރުގެ ޚަރަދު ކުޑަކުރަން އަންގައިފި
ރާއްޖޭގެ ޓޫރިޒަމަށް ތާރީހީ ދުވަހެއް؛ ދެ މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ
އަހަރު ނިމުމުގެ ކުރިން 2 މިލިއަން ޓޫރިސްޓުން ހަމަވާނެ
ޕީކް ސީޒަނާ އެކު، ޓޫރިޒަމަށް ދެ ޕަސެންޓުގެ ދަށްވުމެއް
ޓޫރިޒަމް އޮކިއުޕެންސީއާ އެކު އާމްދަނީ ވެސް މައްޗަށް
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
އަންނަ އަހަރުގެ އަމާޒަކީ 2.2 މިލިއަން ޓޫރިސްޓުން
ސަބްސިޑީ ތިން ގުނަ ކުޑަކޮށް، ސީދާ މީހާއަށް