Roadha Mihaaru

ލޭންޑް އެކުއިޒިޝަންގެ ގޮތުގައި 35 މިލިއަން ލިބިއްޖެ

މިއަހަރުގެ މިހާތަނަށް ލޭންޑް އެކުއިޒިޝަނާއި ކޮންވާޝަން ފީތަކުގެ ގޮތުގައި 35 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ހިސާބުތަކުން ދައްކައިފ އެވެ.

ލޭންޑް އެކުއިޒިޝަންގެ ގޮތުގައި 35 މިލިއަން ލިބިއްޖެ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

29 ޖޫން 2025

މިއަހަރުގެ މިހާތަނަށް ލޭންޑް އެކުއިޒިޝަނާއި ކޮންވާޝަން ފީތަކުގެ ގޮތުގައި 35 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ހިސާބުތަކުން ދައްކައިފ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ލޭންޑް އެކުއިޒިޝަންގެ ގޮތުގައި ލިބުނީ، އެއް ލައްކަ ރުފިޔާ އެވެ. އެ އަދަދު ބޮޑު ވަނީ ސަރުކާރުން އެކި ބޭނުންތަކަށް ދޫކުރާ ރަށްރަށުގެ ފީ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑު އަދަދެއް ހިމެނޭނީ ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ރަށްރަށާއި ފަޅުތަކުގެ އަގުތަކެވެ. މި އަހަރުގެ ބަޖެޓުގައި އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އަދަދެއް އަންދާޒާކޮށްފައި ނުވެ އެވެ.

މިދިޔަ އޭފްރީލް މަހު ޓޫރިޒަމް މިނިސްޓްރީން ވަނީ ހއ. ކެލާ އާއި ކ. ކާށިދޫގެ ފަޅުގައި ރިސޯޓު ހެދުމަށް ހުޅުވާލާފައިފަ އެވެ. އަދި މިއަދު އިތުރު 31 ރަށް ޓޫރިޒަމްގެ ބޭނުމަށް ހުޅުވާލަން ނިންމާފައިވެ އެވެ.

މިދިޔަ އަހަރު ވެސް އެކުއިޒަން ކޮސްޓްގެ ގޮތުގައި ދައުލަތަށް 449 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރު 11 ރަށެއް ޓޫރިޒަމް ބޭނުމަށް ވަނީ ދޫކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެވެ.

މިދިޔަ އަހަރު ޓޫރިޒަމް މިނިސްޓްރީން ވަނީ 25 ރަށެއްގައި ރިސޯޓު ހެދުމަށް ހުޅުވާލައިފަ އެވެ.

އާ ޓޫރިޒަމް މިނިސްޓަރު މިދިޔަ އޭޕްރީލް މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އަމާޒަކީ މިއަހަރު ތެރޭގަައި 1،290 އެނދު މާކެޓަށް ނެރުން ކަމަށެވެ. އެކަން ހާސިލުވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

ޓޫރިޒަމްގެ ބޭނުމަށް މިވަގުތު 156 ރިސޯޓެއް ތަރައްގީ ކުރަމުން އަންނައިރު އެކި ސަބަބުތަކާ ހެދި 61 ރަށެއްގެ މަސައްކަތް އޮތީ އަދިވެސް ހުއްޓިފަ އެވެ. ރާއްޖޭގައި ޓޫރިޒަމްގެ ހިދުމަތްދޭ 65 ދިވެހި ބްރޭންޑްގެ އިތުރުން އިންޓަނޭޝަނަލް 110 ބްރޭންޑުން ގެންދަނީ ޓޫރިޒަމްގެ ހިދުމަތް ރާއްޖޭގައި ދެމުންނެވެ.

މިވަގުތު ރާއްޖޭގައި 180 ރިސޯޓު ހިންގަމުން ދެ އެވެ. ރާއްޖޭގައި ޓޫރިޒަމް ހިދުމަތްދޭ ތަންތަނުގެ ބެޑް ކެޕޭސިޓީގެ 70 ޕަސެންޓް ނިސްބަތް ވަނީ ރިސޯޓުތަކަށެވެ.