ފަގީރުންގެ ދަފްތަރުގައި ތިބި މީހުންގެ އަދަދު މަދުވެއްޖެ އެވެ.
09 ޖުލައި 2024
ފަގީރުންގެ ދަފްތަރުގައި ތިބި މީހުންގެ އަދަދު މަދުވެއްޖެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، "މިހާރު" އިން ފަގީރުންގެ ލިސްޓުގައި މިހާރު ތިބި މީހުންގެ އަދަދާއި ލިސްޓު ދިނުމަށް އެދި އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހެވެ.
އެ މައުލޫމާތު ހޯދުމަށް އެދުނީ ފަގީރުންގެ ދަފްތަރުގައި ތިބި މީހުންގެ ތެރެއިން 50 މީހުން ސަރުކާރު ހަރަދުގައި ހައްޖަށް ފޮނުވަން ހޮވިއިރު އާމްދަނީ ލިބޭ މީހެއް ހައްޖަށް ފޮނުވި މައްސަލައެއް ފެންމަތިވުމުންނެވެ. އަދި ހޯދަން އެދުނީ ސަރުކާރުން އެ މީހުން ނެގުމުގައި ބަލާ ގޮތާއި އެ މިންގަނޑެވެ.
މިއަދު އިސްލާމިމް މިނިސްޓްރީން ދިން ޖަވާބުގައި ބުނީ އެންމެ ފަހުން ފިތުރު ޒަކާތް ބެހިއިރު ފަގީރުންނާއި މިސްކީނުންގެ ލިސްޓުގައި ތިބީ 5023 މީހުން ކަމަށެވެ. އަދި އެ ލިސްޓް ހޯދުމަށް އެދުނު ނަމަވެސް، އެއީ އެ މީހުންގެ ޒާތީ މައުލޫމާތު ކަމަށް ބުނެ އެ މައުލޫމާތު ދޭން އިސްލާމިކް މިނިސްޓްރީން ދެކޮޅު ހެދި އެވެ.
މިހާރު ތިބި މީހުންގެ އަދަދަކީ މިދިޔަ ޖެނުއަރީ މަހު މިނިސްޓްރީން އާންމުކުރި އަދަދާ އަޅާ ބަލާއިރު 2،634 މީހުން މަދު އަދަދެކެވެ. އޭރު ފަގީރުންގެ ލިސްޓުގައި ތިބި ކަމަށް މިނިސްޓްރީން ބުނެފައި ވަނީ 7،657 މީހުންނެވެ.
ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވުމަށް ބަލާފައިވަނީ ގެޒެޓުގައި ޝާއިއުކޮށްފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލައި އުސޫލުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައި ވަނީ 2021 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ފަގީރުންގެ ލިސްޓް ރިވިއު ކޮށްފައި ނުވާ ކަމަށެވެ. އެހެންވެ މިހާރު އެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.
ކިޔަވަން ޒަކާތު ފަންޑުން އެހީ ދޭ ގޮތްތައް އިތުރުކޮށްފި
ޒަކާތު ފަންޑަށް 98 މިލިއަން ރުފިޔާ، މިއީ ރިކޯޑެއް
މިނިސްޓަރަށް ޒަކާތުން ވައްކަމެއް ނުކުރެވޭނެ: ޝަހީމް
"މުއިއްޒަކީ ރާއްޖެއަށް މިވަގުތަށް ލިބުނު ނިއުމަތެއް"
ޒަކާތު ހައުސްގެ ނަމުގައި 10 ބުރީގެ އިމާރާތެއް އަޅަނީ
100 މިލިއަނާ ގާތަށް ޒަކާތު ފައިސާ ލިބޭ: ޝަހީމް
މުދަލު ޒަކާތުގެ ގޮތުގައި 12 މިލިއަން ރުފިޔާ ބަހައިފި
މުދަލު ޒަކާތް ބަހަން ފަށައިފި، މީހަކަށް 4،000ރ.
ޒަކާތު ފަންޑުން މިދިޔަ މަހު ބޭސްފަރުވާ އަށް މިލިއަނެއް
ޒަކާތު ފަންޑުން ކެންސަރުގެ ފަރުވާއަށް ބޮޑު އެހީއެއް