11 ޖުލައި 2024
މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ އެލްޓަން ޖޯން، ފްރާންސްގެ ފިހާރައެއްގެ ތެރެއަށް ވަދެ ކުޑަކަމުގޮސްފި އެވެ.
މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ އެލްޓަން ޖޯން، ފްރާންސްގެ ފިހާރައެއްގެ ތެރެއަށް ވަދެ ކުޑަކަމުގޮސްފި އެވެ.
ޓީއެމްޒީ އިން ރިޕޯޓުކުރި ގޮތުގައި، އޭނާ މި މުޑުދާރު އަމަލު ހިންގީ ސްނީކާސް ބޫޓެއް ގަންނަން އޭނާ ވަތް ފްރާންސްގެ ފިހާރައެއްގެ ތެރެއަށެވެ.
އޭނާ އެ ފިހާރައަށް ވަދެ އެހީ އެ ހިސާބުގައި ޕަބްލިކް ފާހާނާއެއް ހުރިތޯ އެވެ. ނަމަވެސް އެ ހިސާބުގައި ޕަބްލިކް ފާހާނާއެއް ނުހުންނަ ވާހަކަ އެ ފިހާރައިގެ ބޮޑު މީހާ އޭނާ ކައިރީގައި ބުނުމުން އޭނާ ވަނީ ފިހާރަ ތެރޭގައި ހުރެ ފުޅިއަކަށް ކުޑަކަމުގޮސްފައި ކަމަށް ޓީއެމްޒީން ބުންޏެވެ.
އެ އަމަލު ހިންގުމަށް ފަހު، އޭނާ ވަނީ އޭނާގެ ސެކިއުރިޓީ ކައިރީގައި އެތަން ސާފުކުރަން ވެސް އެދިފަ އެވެ.
އެ ފިހާރައިގެ ވެރިމީހާ ބުނީ އޭނާ އަށް އެލްޓަން އަކީ ކާކުކަން އެނގުނީ އޭނާ އެލްޓަން ކައިރީގައި ދިރިއުޅުމަށް ކުރަނީ ކޮންކަމެއްތޯ އެހުމުން އެލްޓަން ދިން ޖަވާބަކުން ކަމަށެވެ.
އެލްޓަން އަކީ ދުނިޔޭގެ ލަވަކިޔުންތެރިންގެ ތެރޭގައި ވަރަށް މަޝްހޫރު އަދި ކާމިިޔާބު ލަވަކިޔުންތެރިއެކެވެ. އަދި އޭނާއަކީ މިހާތަނަށް އެންމެ ގިނަ ސޯލޯ ލަވަ ވިއްކި ކަމުގެ ރިކޯޑް އޮންނަ ހަމައެކަނި ލަވަކިޔުންތެރިޔާ އެވެ. އޭނާ ވަނީ 1997 ވަނަ އަހަރު ރިލީޒްކުރި "ކޭންޑްލް އިން ދަ ވިންޑް" ލަވައިގެ 33 މިލިއަން ކޮޕީ ވިއްކައިފަ އެވެ.
"ދަ ގުޑް ބާއީ ޔެލޯ ބްރިކް ރޯޑް" ލަވަ ކިޔާފައިވާ އެލްޓަން ވަނީ އެމީ، ގްރެމީ، އޮސްކާ އަދި ޓޯނީ ކަހަލަ ބޮޑެތި އެވޯޑުތައް ހޯދައިފަ އެވެ.
އޭއައިގެ މައްސަލާގައި މިއުޒިކް ލޭބަލްތަކުން ދައުވާކުރަނީ
ވަރިވީތޯ ސުވާލު ކުރުމުން ޖެނިފާ ހިތްހަމަނުޖެހިއްޖެ
ދަ ވީކެންޑް އުޅޭ ސީރީޒް އާދިއްތަ ދުވަހު ސްޓްރީމިންނަށް
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ އަޕްޑޭޓެއް
މާގޯ ރޮބީއަށް ކުއްޖަކު ލިބިއްޖެ
"ގޭމް އޮފް ތުރޯންސް"ގެ ފިލްމެއް އުފައްދަނީ
ކްރިސްޓޮފާ ނޯލަންގެ ވެމްޕަޔާ ފިލްމަކަށް ޓޮމް ހޮލެންޑް
"ޑެއާޑެވިލް" ގެނެސްދެނީ އަންނަ އަހަރު މާޗުގައި
ފަލަސްތީނުގެ ދިފާއުގައި އެންޑްރޫ ވާހަކަދައްކައިފި
"ޖޯކާ 2" ބޮޑު ފްލޮޕަކަށް ވެއްޖެ