ރާއްޖޭގައި މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ހެޔޮ ނިޔަތެއް އޮތް ނަމަ، އެންމެ ފުރަތަމަ ކަމަކަށް މަޖިލިސް މެމްބަރުކަމަށް ކުރިމަތިލުމަށް ތައުލީމީ ޝަރުތު މަތި ކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ގޮވާލައްވައިފި އެވެ.
ރާއްޖޭގައި މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ހެޔޮ ނިޔަތެއް އޮތް ނަމަ، އެންމެ ފުރަތަމަ ކަމަކަށް މަޖިލިސް މެމްބަރުކަމަށް ކުރިމަތިލުމަށް ތައުލީމީ ޝަރުތު މަތި ކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ގޮވާލައްވައިފި އެވެ.
މަތީ ތައުލީމްގެ ގާނޫނަށް ގެނައި އިސްލާހަށް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވި ގޮތުގައި، މަތީ ތައުލީމު ހާސިލުކުރުމަށް ބޮޑެތި ގުރުބާނީތައް ވަމުންދާ އާދައިގެ ޒުވާނުންނަށް މަޖުބޫރުވެފައި ވަނީ، އެއްވެސް ތައުލީމެއް ނެތް ސިޔާސީ މީހެއްގެ ފަހަތުގައި މަސައްކަތް ކުރުމަށެވެ.
"މި ރައްޔިތުންގެ މަޖިލީހުގައި ވެސް، ހަގީގަތުގައި މި ކަމުގައި ރަނގަޅު ނިޔަތެއް އޮތިއްޔާ އެންމެ ފުރަތަމަ ވެސް ކުރަންވީ ކަމަކީ މެމްބަރުކަމަށް އެޕްލައި ކުރުމުގައި ވެސް ކޮންމެވެސް ކަހަލަ ކޮލިފިކޭޝަނެއް އޮންނަންވީ،" އޭނާ ގޮވާލެއްވި އެވެ.
މީކާއިލް ވިދާޅުވި ގޮތުގައި ޒުވާނުންގެ މުސްތަގުބަލާ ގުޅިފައިވާ މިފަދަ ކަމެއް އެންމެ ފުރަތަމަ ފަށަންޖެހޭނީ މަޖިލީހާ ހިސާބުންނެވެ.
ރާއްޖޭގައި މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާކުރުމުގެ ވާހަކަ ދައްކާއިރު، ބޭރުގައި ކިޔަވާ ކުދިންނަށް ރަނގަޅަށް ފައިސާ ނުދެވޭ ކަމަށް ތުހުމަތު ކުރައްވައި އޭނާ ސަރުކާރަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
ދައުލަތުގައި ފައިސާ ނެތި، ހަރަދު ކުޑަކުރާ ކަމަށް ސަރުކާރުން ބުނާއިރު، ކޮންމެ ދުވަހަކު ސިޔާސީ މަގާމުތަކަށް އާ މީހުން ވައްދަމުންދާ ކަމަށް މީކާއިލް ވިދާޅުވި އެވެ.
މަތީ ތައުލީމްގެ ބިލުގައި ވަނީ ކޮލެޖުތައް ޔުނިވާސިޓީއަކަށް ބަދަލުވުމުގެ ޝަރުުތުތައް ދަށްކޮށްފަ އެވެ. އެގޮތުން މެދުކެނޑުމެއް ނެތި ހިންގާތާ 15 އަހަރުވުމާއި ބައެއް އެހެނިހެން ޝަރުތުތައް ހަމަވުމުން ޔުނިވާސިޓީއަކަށް ބަދަލު ކުރެވޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
ހަރަދު ކުޑަކުރާ ތަނެއް ބަޖެޓަކުން ނުފެނޭ: މީކާއިލް
ޔުނިވާސިޓީގެ ޝަރުތު ދަށްކުރާ ބިލް ފާސްކޮށްފި
ބަންދު އަމުރާ ގުޅޭ ކުއްލި މައްސަލަ ބަލައެއްނުގަތް
ބަންކަރިންގެ ހިދުމަތުން ލިބުނީ 12.4 މިލިއަން ޑޮލަރު
"ރާއްޖެ-ޔޫކޭ އެފްޓީއޭ ފަށާނެކަން އަންގާފައެއް ނެތް"
ކައުންސެލް ޖެނެރަލްގެ ލަފަޔާ އެކު ބިލު ފާސްކޮށްފި
މީކާއިލްގެ ނަން އިއްވައި މަޖިލީހުން ނެރެފި
ބިރު އުފެދޭގޮތަށް ދުއްވުން ކުށަކަށް ހަދަން ބިލެއް
މަސައްކަތަށް ހުރަސްއަޅާ ކަމަށް ބުނާ ގަރާރު ބޭރު
މަޖިލީހުގެ މަސައްކަތަށް ހުރަސްއަޅާ ކަމަށް ބުނެ ގަރާރެއް