ރައްޔިތުންގެ މަޖިލިހަށް އިންތިހާބުކުރާ ދާއިރާތަކުގެ 30 ޕަސެންޓު ޒުވާނުންނަށް ހާއްސަ ކުރަން އިދިކޮޅު އެމްޑީޕީގެ މެމްބަރަކު ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލިހަށް އިންތިހާބުކުރާ ދާއިރާތަކުގެ 30 ޕަސެންޓު ޒުވާނުންނަށް ހާއްސަ ކުރަން އިދިކޮޅު އެމްޑީޕީގެ މެމްބަރަކު ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅުއްވައިފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ގާނޫނުއަސާސީގެ 72 މާއްދާގެ (ނ) ގެ ފަހަތަށް އިތުރުކުރަން ހުށަހެޅުއްވި މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިހަށް މެމްބަރުން އިންތިހާބު ކުރާއިރު، މެމްބަރުންގެ އަދަދު ކަމަށް ކަނޑައަޅާ ޖުމުލަ އަދަދުގެ 30 ޕަސެންޓު ދާއިރާއަކީ އުމުރުން 35 އަހަރު ނުފުރޭ މީހުންނަށް ހާއްސަ ދާއިރާތަކެއް ކަމަށް ކަނޑައަޅަން ވާނެ ކަަމަށެވެ.
އަދި އުމުރުން 35 އަހަރުން ދަށުގެ މީހުންނަށް ރައްޔިތުންގެ މަޖިލިހުން ހާއްސަ ކުރާ ދާއިރާތައް ކަނޑައަޅާނެ ގޮތް ގާނޫނަކުން ބަޔާން ކުރަން ވާނެ ކަމަށް މީކާއީލް ގާނޫނުއަސާސީ އަށް ހުށަހެޅުއްވި އިސްލާހުގައި ވެ އެވެ.
ރާއްޖޭގައި ޒުވާނުން ކަމަށް ބަލަނީ އުމުރުން 35 އަހަރުން ދަށުގެ މީހުންނެވެ.
މީކާއީލް ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖިލިހުގައި މިހާރު 93 ދާއިރާ ތަމްސީލް ކުރާއިރު އުމުރުން 35 އަހަރުން ދަށުގެ މީހުންގެ އަދަދަކީ އެންމެ 11 ޕަސެންޓެވެ. އެކަމަކު، ރާއްޖޭގެ އާބާދީގައި ޒުވާނުގެ އަދަދު 45 ޕަސެންޓަށް އަރާ ކަމަށް މީކާއީލް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުން ޒުވާނުންނަށް ހާއްސަ ޕަސެންޓެއް ކަނޑައަޅަން އޭނާ ހުށަހެޅުއްވި ސަބަބެެއް ކަމަށް ވިދާޅުވީ، ރާއްޖޭގެ އާބާދީގައި އެންމެ ގިނަ ބައެއް ހިއްސާ ކުރަނީ ޒުވާނުން ކަމަށް ވިޔަސް މުހިންމު ކަންކަން ނިންމުމުގައި އެ މީހުންގެ ސީދާ ބައިވެރިވުން ވަރަށް ކުޑަވުމުން ކަމަށެވެ. އެހެންވެ، ބޭނުމަކީ ގައުމުގެ ކަންކަން ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން އެންމެ އިސް ސަފުގައި ހޯދުން ކަމަށް ވިދާޅުވި އެވެ.
"މީގެ އިތުރުން، ޒަމާނަށް އަންނަމުންދާ އަވަސް ބަދަލުތަކާއި ޓެކްނޮލޮޖީ އާއި މުވާސަލާތުގެ ވަސީލަތްތަކާއި ދުނިޔޭގެ ކަންކަމަށް ފުރިހަމަ އަށް ލޯ ހުޅުވިފައިވާ ބަޔަކީ ޒުވާނުން ކަމަށް ވާތީ، މުސްތަގުބަލުގައި ގައުމު ކުރިއަށް ގެންދާނެ ޒުވާނުންނާ ގައުމުގެ މުހިންމު ކަންކަން ހަވާލު ކުރުމުގެ މަރުހަލާތައް ނިޒާމީ ގޮތެެއްގައި ފެށުން، މި ބިލް ހުށަހެޅުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ،" ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް ހުށަހެޅުއްވި ސަބަބެއް ކަމަށް މީކާއީލް ވިދާޅުވި އެވެ.
އަދީބު ބޭރަށް ފޮނުވާތީ މަޖިލީހަށް ކުއްލި މައްސަލައެއް
އެއްވެ އުޅުން ހަނިކުރާ ގާނޫނު އުވާލަން ފާހެއް ނުކުރި
ގޮނޑި ގެއްލޭއިރު ރައްޔިތުންގެ ވޯޓަށް ނުދާން ފާސްކޮށްފި
ބަންދު އަމުރާ ގުޅޭ ކުއްލި މައްސަލަ ބަލައެއްނުގަތް
މިނިސްޓަރު ޝަހީމްގެ ރައްދާ އެކު، މަޖިލިސް ހޫނުވެއްޖެ
ނާޒިމް ރިޔާސަތަށް ގެންނަން މަސައްކަތް ކުރަނީ
މިނިސްޓަރުން މަޖިލީހަށް ހާޒިރުނުވާތީ އިދިކޮޅުގެ ސިޓީއެއް
މަސައްކަތަށް ހުރަސްއަޅާ ކަމަށް ބުނާ ގަރާރު ބޭރު
އޮޅުވާލި ފޯމުތަކުގެ ހެކިންނަށް ފިޔަވަޅު އެޅިތޯ ބަލަނީ
އެމްޑީޕީން ގޮވާލީ ބަޖެޓު ހަރަދުކުރި ގޮތް ހާމަކުރަން!