Roadha Mihaaru
ލަލީގާ ޔޫތު މުބާރާތަށް އާޖީލަކަށް އަދި ސަސް ފުރައިފި

އާޖީލަކަށް އަދި ސަސް، ލަލީގާ ޔޫތު މުބާރާތުގައި ވާދަކުރަން ފުރައިފި

10 ޖުލައި 2024

ސްޕެއިންގެ ލަ ލީގާ އިން މެލޭޝިއާގައި ބާއްވާ ޔޫތު މުބާރާތުގައި ވާދަކުރަން ރާއްޖޭގެ ސަސް ފުޓްބޯޅް އެކަޑަމީ އާއި އާޖީލަކަށް ފުޓްބޯލް އެކަޑަމީ ފުރައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ސްޕެއިންގެ ލަ ލީގާ އިން މެލޭޝިއާގައި ބާއްވާ ޔޫތު މުބާރާތުގައި ވާދަކުރަން ރާއްޖޭގެ ސަސް ފުޓްބޯޅް އެކަޑަމީ އާއި އާޖީލަކަށް ފުޓްބޯލް އެކަޑަމީ ފުރައިފި އެވެ.

އަށް އަހަރުން ފެށިގެން 21 އަހަރުން ދަށޫގެ އުމުރުފުރާތަކަށް ބާއްވާ މުބާރާތުގައި ރާއްޖޭގެ ދެ އެކަޑަމީން ވެސް ވާދަކުރަނީ 16 އަހަރުން ދަށުގެ އުމުރުފުރާގަ އެވެ.

ވަކިވަކި އުމުރުފުރާތަކުން އެންމެ މޮޅު ކުޅުންތެރިން ހޮވުމަށް ފަހު، މެޑްރިޑްގައި އޮންނަ ލަލީގާ ކޭމްޕުން ފުރުސަތު ދޭގޮތަށް ވަނީ ހަމަޖައްސާފަ އެވެ. މި މުބާރާތުގައި މެލޭޝިއާގެ އިތުރުން އޭޝިއާގެ ގިނަ ގައުމުތަކުގެ އެކަޑަމީތަކުން ވާދަ ކުރެ އެވެ.

ސަސްގެ އެކަޑަމީން މެލޭޝިއާ ފުރީ ރޭގެ ވަގިތެއްގަ އެވެ. މިއަދު ހެނދުނު ފުރި އާޖީލަކަށް، ހިމެނެނީ 16 އަހަރުން ދަށުގެ ގުރޫޕް ޑީގަ އެވެ. މި ގުރޫޕްގައި ދެން ހިމެނެނީ ތައިލެންޑްގެ ޗިއަންގްމައި އެފްސީ އާއި މެލޭޝިއާގެ ކޭޑީއެޗް އަދި ވައިޓް ޓައިގާސް އެވެ.

އާޖީލަކަށް ޓީމުގެ އީތަން (ވ) އާއީ ޓީމުގެ ކޯޗު ކުޑަ ހީނާ (ކ): މިދިޔަ ސީޒަނުން ފެށީގެން އީތަން ދާއިމީކޮށް ކުޅެމުން ދަނީ ކުޅެމުން ދަނީ ސްޕެއިންގެ ހުއެސްކާގެ ޒުވާން ޓީމަށް  --- ފޮޓޯ: ނިޝާން އަލީ | މިހާރު

އާޖީލަކަށް ޓީމުގެ އީތަން (ވ) އާއީ ޓީމުގެ ކޯޗު ކުޑަ ހީނާ (ކ): މިދިޔަ ސީޒަނުން ފެށީގެން އީތަން ދާއިމީކޮށް ކުޅެމުން ދަނީ ކުޅެމުން ދަނީ ސްޕެއިންގެ ހުއެސްކާގެ ޒުވާން ޓީމަށް --- ފޮޓޯ: ނިޝާން އަލީ | މިހާރު

ދެ ޓީމުގައި ރާއްޖޭގެ ސީނިއާ ކަލްބް ލެވެލްގައި ކުޅުނު ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ. ހަމަ އެއާ އެކު ގައުމީ 16 އަހަރުން ދަށުގެ ޓީމުގައި ކުޅެފައިވާ ކުޅުންތެރިން ވެސް ޓީމުތަކުގައި ހިމެނެ އެވެ.

ސްޕެއިންގެ ހުއެސްކާގެ ޒުވާން ޓީމަށް ކުޅެމުން އަންނަ ރާއްޖޭގެ އީތަން އިބްރާހިމް ޒަކީ، އާޖީލަކަށް ޓީމުގައި ހިމެނިގެން މުބާރާތުގައި ކުޅޭނެ އެވެ.

މި މުބާރާތުގައި އާޖީލަކަށް ޓީމަށް އިރުޝާދު ދޭނީ ވެލެންސިއާގެ ކޯޗު އިސްމާއިލް އާސިފް (ކުޑަ ހީނާ) އެވެ. އާޖީލަކަށް ޓީމުގައި ވެލެންސިއާގެ އެކަޑަމީ ބައެއް ކުޅުންތެރިން ވެސް ހިމެނެ އެވެ. ސަސް އެކަޑަމީގެ ކޯޗަކީ ފަރީދު މުހައްމަދު (ފަރިއްޓޭ) އެވެ.

އިންވިޓޭޝަނަލް މުބާރާތްތަކުގައި ރާއްޖޭޣެ އެކަޑަމީތަކުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ.