އާދިއްތަ ދުވަހު ލަލީގާގައި ރެއާލް ބެޓިސް އަތުން އެސްޕަންޔޯލް ބަލިވި މެޗު ހޫނުވެ، ކްލަބްގެ ކުރީގެ ރައީސް ވެސް މާރާމާރީ ހިންގައިފި އެވެ.
އާދިއްތަ ދުވަހު ލަލީގާގައި ރެއާލް ބެޓިސް އަތުން އެސްޕަންޔޯލް ބަލިވި މެޗު ހޫނުވެ، ކްލަބްގެ ކުރީގެ ރައީސް ވެސް މާރާމާރީ ހިންގައިފި އެވެ.
އެސްޕަންޔޯލްގެ ރައީސްކަން 2012 އިން 2016 އަށް އަދާކުރި ޔޮއާން ކޮޔެޓް މެޗު ބަލަން ހުރި އެސްޕެންޔޯލްގެ ދަނޑުގެ ވީއައިޕީ އޭރިއާގަ އެވެ.
ދަނޑުމަތީގައި ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ވެސް ހޫނުވި މެޗު ނިމުނު ފަހުން، ވީއައިޕީ ބޮކްސްގައި ތިބި ރެއާލް ބެޓިސްގެ ސަޕޯޓަރުން އެސްޕަންޔޯލްގެ ސަޕޯޓަރުންނާ ދިމާކޮށްލުމުން އުފެދުނު ހާލަތު ކޮންޓްރޯލް ކުރަން ކޮޔެޓް މަސައްކަތް ކުރި އެވެ.
ނަމަވެސް ފަހުން ފެނުނީ އޭނާ ވެސް ރައްދުގައި ހަމަލާ ދޭން އުޅުނު މަންޒަރެވެ. އޭނާ އަށް ވެސް އަނިޔާވަ މަންޒަރު ވީޑިއޯއިން ފެނެ އެވެ.
މައްސަލައާ ބެހޭގޮތުން ކޮމެންޓެއް ކުރާކަށް މާކެޓިން އާއި އެޑްވަޓައިޒިން ދާއިރާގެ ވިޔާފާރިވެރިޔާ ކޮޔެޓް ބޭނުމެއް ނުވި އެވެ.
އަމިއްލަ ދަނޑުގައި ކުޅެ އެސްޕަންޔޯލް މެޗުން ބަލިވީ 2-1 ންނެވެ.
މެޗުގެ އިތުރު ވަގުތުގައި ނަތީޖާ ހަމަހަމަ ކުރަން އެސްޕަންޔޯލަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. އެ ޓީމުގެ ކެޕްޓަން ހާވީ ޕުއާޑޯ ފޮނުވާލި ޕެނަލްޓީ ބެޓިސްގެ ކީޕަރު އަދި ކުރިން އެސްޕެންޔޯލް އަށް ވެސް ކުޅުނު ޕައު ލޯޕޭޒް ދިފާއު ކުރި އެވެ.
ފަހު ހާފުގެ އިތުރު ވަގުތުގެ ހަތްވަނަ މިނެޓްގައި ޕެނަލްޓީ ދިފާއުކޮށް އުފާފާޅުކުރުމުގެ ގޮތުން ޕައު ލޯޕޭޒް ވަނީ އޭނާގެ ކުރީގެ ޓީމުގެ ސަޕޯޓަރުންނަށް މަލާމާތްކުރުމުގެ ގޮތުން އަތުން އިޝާރާތްތަކެއް ކޮށްފަ އެވެ. އޭނާގެ އަމަލުތަކާ ހެދި އެސްޕަންޔޯލްގެ ސަޕޯޓަރުން އިތުރަށް ލޭކެކުނެވެ.
ބާސާ މޮޅުވިޔަސް ލެވަންޓޭއިން "ޒަހަމްތަކެއް ދީފީ"
ލަލީގާގެ އެންމެ އަވަސް ހެޓްރިކް އެތުލެޓިކޯގެ ސޯލޯތަށް
20 މިނެޓުން ނަތީޖާ އަނބުރާލައި ބާސާ އެއް ވަނަ އަށް
"72 ގަޑިއިރު ނުލިބި ރެއާލުން ދެން ނުކުޅޭނަން"
ފޯމުގައި ހުރި އެންޓޮނީއަށް ރަތް ކާޑާއެކު މަޑުޖެހުމެއް
ރެއާލުން ޝަކުވާ ހުށަހެޅި ރެފްރީގެ މައްސަލައެއް ބަލަނީ
ލަލީގާ މެޗުތައް ވަގަށް ދެއްކުމުން 32 މިލިއަން ޑޮލަރު
މިލިމީޓަރެއްގެ އޮފްސައިޑުން ބާސާ އަށް ކެހި
ރެއާލަށް އުފަލެއް ނެތް، އަނިޔާގެ ވޭން ބޮޑުވެއްޖެ
ދަރިފުޅަށް ވީތީ އިސްކަމެއް ނުދެން: ސިމިއޯނީ