Roadha Mihaaru
އަދުހަމްގެ ފުރަތަމަ ސޯލޯ ލަވަ ރިލީޒްކޮށްފި

ޕަންޖާބުގެ ލޭބަލްއަކަށް އަދުހަމް ކިޔާފައިވާ ފުރަތަމަ ސޯލޯ ލަވަ ރިލީޒްކޮށްފި

15 ޖުލައި 2024

ރިސޯޓު މިއުޒިކްގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި މިއުޒީޝަން އަހްމަދު އަދުހަމް، ޕަންޖާބުގެ މިއުޒިކް ލޭބަލްއަކަށް ކިޔާފައިވާ އޭނާގެ ފުރަތަމަ ސޯލޯ ލަވަ ރިލީޒްކޮށްފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ރިސޯޓު މިއުޒިކްގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި މިއުޒީޝަން އަހްމަދު އަދުހަމް، ޕަންޖާބުގެ މިއުޒިކް ލޭބަލްއަކަށް ކިޔާފައިވާ އޭނާގެ ފުރަތަމަ ސޯލޯ ލަވަ ރިލީޒްކޮށްފި އެވެ.

އިންޑިއާގެ ޕަންޖާބުގެ "ވިންޑިކްޓިވް ރިކޯޑްސް" ސްޓޫޑީއޯސް އިން އޭނާ އަށް ލިބުނު ފުރުސަތުގައި ފުރަތަމަ ރިލީޒްކުރި ލަވަ އަކީ "ހޯޕް" އެވެ. އެއީ ޑުއެޓް ލަވައެކެވެ. އަދުހަމްއާ އެކު އެ ލަވަ ކިޔާފައި ވަނީ އިންޑިއާގެ ފަންނާނެއް ކަމަށްވާ މަނު ރާއި އެވެ.

އަދުހަމްގެ ފުރަތަމަ ސޯލޯ ލަވަ "ރިމެމްބާ މައި ނޭމް" ވަނީ މިދިޔަ ހުކުރު ދުވަހު ރިލީޒްކޮށްފަ އެވެ. އެ ލަވައިގެ ލިރިކްސް ހަދާފައި ވަނީ ވެސް އޭނާ އެވެ. އެ ލަވައިގެ ވީޑިއޯގައި ދައްކަނީ އަދުހަމް ބާސްކެޓް ބޯޅަ ކުޅެން އުޅޭ މަންޒަރެވެ. އޭނާ އަކީ އަސްލު ދިރިއުޅުމުގައި ވެސް ބާސްކެޓް ކުޅުންތެރިއެކެވެ.

މި ލަވައަކީ ހިޕްހޮޕް އަދި ރެޕް ސްޓައިލަށް ކިޔާފައިވާ ލަވައެކެވެ.

އަދުހަމް ވަނީ ފަސް އަހަރުގެ ކޮންޓްރެކްޓެއް "ވިންޑިކްޓިވް ރިކޯޑްސް"އާ އެކު ހަދައިފަ އެވެ. އެ ކޮންޓްރެކްޓުގައިވާ ގޮތުން ކޮންމެ އަހަރަކު އޭނާގެ އަމިއްލަ ނުވަ ލަވަ، ވީޑިއޯއާ އެކު ރިލީޒްކުރާނެ އެވެ. މިއީ މި އަހަރު ގެނެސްދިން އޭނާގެ ފުރަތަމަ ލަވަ އެވެ.

މި އަހަރު އޭނާގެ އަމިއްލަ އޮރިޖިނަލް އިނގިރޭސި ދެ ލަވަ އާއި ހިންދީ ހަ ލަވަ ނުކުންނާނެ އެވެ. މި ހުރިހާ ލަވައެއް ލިޔެ، ކޮމްޕޯޒްކުރަނީ އޭނާ އަމިއްލައަށެވެ.