އޯޒެން ރިޒާވް ކ. ބޮލިފުށީގެ ވެރިޔާ ހުސައިން ޝަރީފް (ބޮލިފުށި ޝަރީފް) ކުއްލިގޮތަކަށް މިއަދު އަވަހާރަވެއްޖެ އެވެ.
14 ޖުލައި 2024
އޯޒެން ރިޒާވް ކ. ބޮލިފުށީގެ ވެރިޔާ ހުސައިން ޝަރީފް (ބޮލިފުށި ޝަރީފް) ކުއްލިގޮތަކަށް މިއަދު އަވަހާރަވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ހުސައިން ޝަރީފް މެންދުރުގެ ފަރިއްކޮޅަށް ފަހު ކޮޓަރިއަށް ވަޑައިގަތް ފަހުން ކޮޓަރިތެރެއަށް ވެއްޓިފައި އޮއްވައި ފެނުނީ އޭނާގެ ބަޓްލަރަކަށެވެ. އޭނާ އިމަޖެންސީގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އަވަހާރަވީ މިއަދު ހަވީރެވެ.
ހުސައިން ޝަރީފަކީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފުގެ އެއްބަފާ ބޭބެ ވެސް މެ އެވެ.
އުމުރުން 64 އަހަރުގެ ހުސައިން ޝަރީފަކީ 1994 ގައި އުފައްދާފައިވާ ގޭޓްވޭ މޯލްޑިވްސް ކުންފުނީގެ މައި ހިއްސާދާރެވެ. ބޮލިފުއްޓަކީ އެ ކުންފުނިން ކުއްޔަށް ނަގާފައިވާ ރިސޯޓެކެވެ.
ހުސައިންޝަރީފަކީ ބޮލިފުށި ރިސޯޓް ހިންގެވުމުގެ އިތުރުން ވެސް އެކި ވިޔަފާރިތަކުގައި އުޅުއްވާ ބޭފުޅެކެވެ. އަދި މާލޭގެ ވަރަށް ގިނަ މިސްކިތްތަކަށް އެކި ގޮތްގޮތުން އެހީތެރިވާ ބޭފުޅެވެ.
ސޯސަން މަގުގައި ހުންނަ އިބްރާހިމް މިސްކިތަކީ ވެސް ހުސައިން ޝަރީފްގެ ހަރަދުގައި ބިނާކޮށްފައިވާ ތަނެކެވެ. ކޮވިޑްގެ ބަލިމަޑުކަމުގެތެރޭގައި ވެސް އޭނާ ގިނަ ބަޔަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި އެވެ.
ބަގީއާ އެކު މޫދަށް ވެއްޓުނު މޮރޮކޯ މީހާ މަރުވެއްޖެ
މޫދަށް އެރި އުޅުނު ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ
ރިސޯޓުތަކުގެ ހިދުމަތްތައް ޗެކްކުރަން ފަށަނީ
ފީނަން ފައިބާ އުޅުނު އެމެރިކާގެ ޓޫރިސްޓަކު މަރުވެއްޖެ
5 އަހަރު ތެރޭ 112 ޓޫރިސްޓުން މޫދުގައި މަރުވި!
ޓޫރިޒަމަށް 31 ރަށް: 30-70 ޕަސެންޓް ޑިސްކައުންޓް
ލޭންޑް އެކުއިޒިޝަންގެ ގޮތުގައި 35 މިލިއަން ލިބިއްޖެ
ޓޫރިޒަމް ސިނާއަތަށް މި ދައްކައިދެނީ ނަމޫނާ މަސައްކަތެއް
ޝިފާޒް ދެއްކީ ދިވެހިންނަށް ވެސް އެންމެއުހަށް ދެވޭނެކަން
މިލިއަނެއްހާ ޑޮލަރަށް މުޅި ރިސޯޓް ބުކްކޮށްލެވިދާނެ