Roadha Mihaaru
ފަތިސް 04:39
އިރުއަރާ 05:54
މެންދުރު 11:57
އަސްރު 15:18
މަގްރިބް 17:53
ޢިޝާ 19:09
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
މޫދަށް އެރި އުޅުނު ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

މޫދަށް އެރި އުޅުނު ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

09 ސެޕްޓެމްބަރ 2019

އއ. އަތޮޅުގައި އޮންނަ ކޮންސްޓަންސް ހަލަވެލި ރިސޯޓުގެ މޫދަށް އެރި އުޅުނު ޓޫރިސްޓަކު މިއަދު މަރުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އއ. އަތޮޅުގައި އޮންނަ ކޮންސްޓަންސް ހަލަވެލި ރިސޯޓުގެ މޫދަށް އެރި އުޅުނު ޓޫރިސްޓަކު މިއަދު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ހަލަވެލި ރިސޯޓުން މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވެފައި ވަނީ ކޮރެއާގެ އުމުރުން 34 އަހަރުގެ ފިރިހެނަކު ކަމަށެވެ. އެމީހާ އއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ހަވީރު ތިނެއް ޖަހާ ކަން ހާއިރު ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މޫދަށް އެރި އުޅުނު ޓޫރިސްޓަކު ގެނބިގެން މަރުވި އިރު، ދ. އަތޮޅުގައި އޮންނަ ވޮންމުލި ރިސޯޓުން ސްނޯކްލިން އަށް ގޮސްއުޅެނިކޮށް ޓޫރިސްޓަކު މިދިޔަ ބުދަ ދުވަހު ވަނީ މަރުވެފަ އެވެ. އަދި މިދިޔަ މަހުގެ ފަހުކޮޅު، ކ. ކަނޑޫމާ ތިލަ އަށް ޑައިވިނަށް ފޭބި ފަހުން ގެއްލުނު ޓޫރިސްޓް މީހާ އަދިވެސް ނުފެނެ އެވެ.

ސްނޯކްލިން އާއި ޑައިވިން އަށް ގޮސް އުޅޭ ޓޫރިސްޓުން ގެއްލި ހިތާމަވެރި ހާދިސާތައް ހިނގުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.