Roadha Mihaaru
ޓްރަމްޕަށް އެހާ ކައިރިން ހަމަލާދެވުނު ގޮތާ މެދު ސުވާލު

ޓްރަމްޕަށް ހަމަލާދިން މީހާ އެހާ ކައިރިއަށް ދިޔަ ގޮތަކާ މެދު ސުވާލު އުފައްދައިފި

15 ޖުލައި 2024

އެމެރިކާގެކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ހަމަލާދިން މީހާ، ޓްރަމްޕާ އެހާ ކައިރީގައި ހުރި އިމާރާތެއްގެ ފުރާޅަށް އަރައި އެތަނުގައި އޮވެ ހަމަލާދޭން ފުރުސަތު ލިބުނު ގޮތަކާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށް ހަމަލާދިން ސަރަހައްދުގެ ޕްރޮސިކިއުޓަރެއް ކަމަށްވާ ރިޗާޑް ގޮލްޑިންގާ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ހަމަލާދިން މީހާ، ޓްރަމްޕާ އެހާ ކައިރީގައި ހުރި އިމާރާތެއްގެ ފުރާޅަށް އަރައި އެތަނުގައި އޮވެ ހަމަލާދޭން ފުރުސަތު ލިބުނު ގޮތަކާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށް ހަމަލާދިން ސަރަހައްދުގެ ޕްރޮސިކިއުޓަރެއް ކަމަށްވާ ރިޗާޑް ގޮލްޑިންގާ ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑު އެންމެ ހައިރާންވާ ކަމަކީ އެއީ. ކުރީގެ ރައީސަކު ހުއްޓާ މީހަކު ގޮސް 150 ޔާޑެއްހާ ކައިރިން ފުރާޅަކަށް އަރައި ބަޑި އަމާޒުކޮށް ހަމަލާދިނުން،" ބަޓްލާ ކައުންޓީގެ ޑިސްޓްރިކްޓް އެޓާނީ ގޮލްޑިންގާ ވިދާޅުވި އެވެ.

އެމްއެސްއެންބީސީއަށް އޭނާ ވިދާޅުވީ އެ އިމާރާތުގައި ލޯ އެންފޯސްމަންޓްގެ ބައެެއް މެންބަރުން ވެސް ތިބިކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އަދި އެއަށްވުރެ ބޮޑަށް ހައިރާންވަނީ ހަމަލާދިން މީހާ ފުރާޅުމައްޗަށް ކޮޅަށް އަރައި ހުރެ ހަމަލާ ދިނުމުން ކަމަށެވެ.

ތަހުގީގުކުރާ އެފްބީއައި އިން ބުނީ ހަމަލާދިން މީހާ އަރާ ހުރި ތަނަކީ ބިއްލޫރީގެ މަސައްކަތްކުރާ ފެކްޓަރީއެއް ކަމަށެވެ. ހަމަލާ ދިނީ 20 އަަހަރުގެ ޒުވާނެއް ކަމަށްވާ ތޯމަސް މެތިއު ކްރޫކްސް އެވެ. ޓްރަމްޕްގެ ރެލީ އޮތް ތަނާ ގަޑިއެއްހާއިރުގެ ރާސްތާގެ ދުރު ހިސާބެއްގައި އުޅޭ މި ޒުވާނާ ޓްރަމްޕަށް ހަމަލާ ދިނުމާ އެކު ސީކްރެޓް ސާވިސްގެ މެންބަރުން ވަނީ ހަމަލާދީ އެ ޒުވާނާ މަރާލައިފަ އެވެ. އޭނާއަށް ހަމަލާ ދިނުމުގެ ތެރޭ އާންމުންގެ މީހަކު ވެސް މަރުވި އެވެ.

ބަޓްލާ ކައުންޓީގެ ފުލުހުން ބުނީ ހަމަލާދިން މީހާގެ އަމަލުތަކާ މެދު ޝައްކުވެގެން، ހަމަލާގެ ކުރިން އެތައް ބަޔަކު ފުލުހުންނަށް ރިޕޯޓްކުރި ކަމަށާއި އެހެންވެ އެކަން ހަމަލާގެ ކުރިން ކަމާބެހޭ އިދާރާތަކަށް އަންގާފައި ވެސް ވާނެ ކަމަށެވެ.

ސީކްރެޓް ސާވިސް އިން ވަނީ ހާދިސާގައި އަމާޒުވާ ފާޑުކިޔުންތަކުން ދިފާއުވެ ވާހަކަ ދައްކައިފަ އެވެ. އެ އިދާރާއިން ބުނީ ޓްރަމްޕުގެ ސެކިއުރިޓީ މި ފަހުން އިތުރު ވެސް ކޮށްފައިވާ ކަމަށެވެ.

ޓްރަމްޕަށް އަމާޒުކުރި ހަމަލާގައި އޭނާ ސަލާމަތްވީ ހަނި ގޮތަކަށެވެ. ބޮލަށް އަމާޒުކޮށް ފޮނުވާލި އުންޑަ ދިޔައީ ޓްރަމްޕުގެ ކަންފަތުގައި ކޭއްތިފަ އެވެ. އެހެންވެ ސީރިއަސް ޒަހަމެއް ނުލިބެ އެވެ. -- އޭއެފްޕީ