15 ޖުލައި 2024
ބަންގްލަދޭޝްގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކަށް އިއްޔެ އަނިޔާވެއްޖެ އެވެ.
ބަންގްލަދޭޝްގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކަށް އިއްޔެ އަނިޔާވެއްޖެ އެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި ފަގީރު މުސްލިމުންނަށް އެހީ ދިނުމަށް ހަދާފައިވާ "ހިދުމަތް" ޖަމިއްޔާގެ އޮފިޝަލަކު މިއަދު ބުނީ، ބަންގްލަދޭޝްގައި މިސްކިތެއްގެ ބިންގާ އެޅުމަށް އެ ގައުމަށް ދިޔަ އޮޕަރޭޝަންސް މެނޭޖަރު ހުސެއިން ހައިޝަމް އެކްސިޑެންޓުވީ ޑާކާއިން ޗިޓަގޮންގް އަށް ކުރި 8 ގަޑިއިރުގެ ދަތުރުގެ ތެރެއިން، ކާރުގެ ޑްރައިވަރަށް ނިދި ޖެހުމުން ކަމަށެވެ.
ކާރު ކޮންޓްރޯލް ނުކުރެވި، ގަހެއްގައި ޖެހި، ޑްރައިވަރާއި ހައިޝަމަށް ބޮޑެތި އަނިޔާތައް ވެފައިވާ ކަމަށް އޮފިޝަލް ބުންޏެވެ. އެ ދަތުރުގައި ހިދުމަތް ޖަމިއްޔާގެ އިތުރު މެމްބަރަކު ވެސް ބައިވެރިވި އެވެ. ނަމަވެސް، އޭނާއަށް ބޮޑު އަނިޔާއެއް ނުލިބެ އެވެ.
އޮފިޝަލް ބުނީ އެ އެކްސިޑެންޓުގައި ހައިޝަމްގެ ފައިގެ މާކަޅުވާ ކަށިގަނޑު ބިންދައިގެން ގޮސްފައިވާ ކަމަށެވެ.
"އެ ތަނާ ވަރަށް ކައިރިވެފައި ހުއްޓާ ޑްރައިވަރަށް ވެސް ނިދި ޖެހިގެން އެކްސިޑެންޓުވީ. ހައިޝަމަށް ވެސް އޮތީ ނިދިފައި އެ ގަޑީގައި. ޑްރައިވަރަށް ވެސް ބޮޑެތި އަނިޔާތައް ވި. ކާރު ވަރަށް ބޮޑަށް ހަލާކުވެފައި ވަނީ،" ޖަމިއްޔާގެ އޮފިޝަލް ބުންޏެވެ.
ހައިޝަމް ފުރަތަމަ ގެންދިޔައީ އެކްސިޑެންޓުވި ސަރަހައްދާ ކައިރީގައި ހުރި ހޮސްޕިޓަލަށެވެ. އެ ތަނުން ހިދުމަތް ނުލިބޭތީ ފަހުން ދިގު ދަތުރެއް ކޮށްފައި އަނެއްކާ ވެސް ޑާކާ އަށް ގެންދިޔައީ އެވެ. އެކަމަކު، އޮޕަރޭޝަން ކުރަން ވަގުތު ނަގާނެތީ، ޕްރައިވެޓް ހޮސްޕިޓަލަކަށް ބަދަލުކޮށް މިއަދު މެންދުރު ފަހު ހައިޝަމްގެ ފައިގެ އޮޕަރޭޝަން ކުރާނެ ކަމަށް އޮފިޝަލް ބުންޏެވެ.
ހިދުމަތް ޖަމިއްޔާ އިން މިހާރު ވެސް އަންނަނީ ބަންގްލަދޭޝްގައި ހަތަރު މިސްކިތެއް ހަދަމުންނެވެ. ހައިޝަމް ދިޔައީ ހެޔޮ އެދޭ ފަރާތެއްގެ އެހީގައި ހަދަން ނިންމާފައިވާ އެހެން މިސްކިތެއްގެ ބިންގާ އެޅުމަށެވެ.
ބްރިޖްގެ ބޮޑު އެކްސިޑެންޓްވި މީހާގެ ލައިސަންސްް ބާތިލް
އެކްސިޑެންޓުގައި ދެކުދިން މަރުވުމުން ޑްރައިވަރުން ޖަލަށް
އެކްސިޑެންޓް ގިނަވެ ބިރުވެރިކަން، ހަމަ ގާނޫނު މަދީތަ؟
ބައުޒަރެއްގައި ސައިކަލަކުން ޖެހި ޒުވާނަކަށް އަނިޔާވެއްޖެ
ހުޅުމާލޭގައި ކެރޭނެއް ފުރޮޅާލައިފި
ސްޕޯޓްސް ކާރު އެކްސިޑެންޓް: ދައުވާކުރަން ފޮނުވައިފި
ބާރަށް ކާރު ދުއްވި މީހަކު ފިލަން އުޅުމުން ހައްޔަރު
ފިލަން އުޅުމުން ޕޮލިހެއްގެ ގައިގައި ސައިކަލުން ޖެހިއްޖެ
ޓްރެފިކް ޕޮލިސް: ބޮކި ދިއްލެނީ ފާލުން ނެއްޓުނީމަތަ!
މިރޭ ވެސް އެކްސިޑެންޓެއް، ތިން މީހަކަށް އަނިޔާވެއްޖެ