Roadha Mihaaru
ފަތިސް 05:05
އިރުއަރާ 06:19
މެންދުރު 12:23
އަސްރު 15:42
މަގްރިބް 18:19
ޢިޝާ 19:34
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ބްރިޖްގެ ބޮޑު އެކްސިޑެންޓްވި މީހާގެ ލައިސަންސްް ބާތިލް

ބްރިޖުގައި ހިނގި ބޮޑު އެކްސިޑެންޓާ ގުޅިގެން ޑްރައިވަރުގެ ލައިސަންސް ބާތިލްކޮށްފި

26 ޑިސެމްބަރ 2019

ސިނަމާލެ ބްރިޖުގެ ޓްރެފިކް ލައިޓަށް މަޑުކޮށްގެން އޮތް ވެހިކަލްތަކެއްގައި ޖިޕަކުން ޖެހި ހިނގި ބޮޑު އެކްސިޑެންޓުގައި، އެ ޖިޕް ދުއްވަން އިން ބިދޭސީ ޑްރައިވަރުގެ ލައިސަންސް އިއްޔެ ބާތިލް ކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސިނަމާލެ ބްރިޖުގެ ޓްރެފިކް ލައިޓަށް މަޑުކޮށްގެން އޮތް ވެހިކަލްތަކެއްގައި ޖިޕަކުން ޖެހި ހިނގި ބޮޑު އެކްސިޑެންޓުގައި، އެ ޖިޕް ދުއްވަން އިން ބިދޭސީ ޑްރައިވަރުގެ ލައިސަންސް އިއްޔެ ބާތިލް ކޮށްފި އެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުން، މިދިޔަ ހުކުރު ވިލޭރޭ އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ، ހުޅުލޭ ކޮޅުން ބްރިޖަށް އަރައިފައިބާ އިރު މަޑުކުރަން ޖެހޭ ޓްރެފިކް ލައިޓަށް މަޑުކޮށްފައި އޮތް ވެހިކަލްތަކުގައި ޖިޕަކުން ޖެހިގެންނެވެ.

ފުލުހުން މިއަދު ބުނީ، ޖިޕް ދުއްވަން އިން ބަންގްލަދޭޝްގެ ޑްރައިވަރުގެ ލައިސަންސް ބާތިލް ކުރުމުގެ އިތުރުން ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ނިންމީ ތިން އަހަރު ދުވަސް ވަންދެން އޭނާ އަށް ލައިސަންސް ނުދިނުމަށް ކަމަށެވެ.

މާލެއާ ވީ ކޮޅުން ބާރު ސްޕީޑްގައި ދުއްވާފައި އައި ޖިޕެއް ތިން ކާރަކާއި ދެ ސައިކަލެއްގައި ޖެހި އެ އުޅަނދުތަކަށް އެކިވަރުގެ ގެއްލުން ލިބުނު ކަމަށް ފުލުހުން އޭރު ބުނެފައި ވެ އެވެ. އެ އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދިން އިރު ޖިޕް ދުއްވަން އިން މީހާ އަށް ވެސް ފަރުވާ ދޭން ޖެހުނެވެ. އެކަމަކު އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވެ އެވެ.

ބޮޑެތި އެކްސިޑެންޓްތަކުގައި އިހުމާލުވާ މީހުން ދެނެގަތުމަށް ފަހު ލައިސަންސް ހިފެހެއްޓުމާއި ބާތިލު ކުރުން ފަދަ ފިޔަވަޅުތައް އާއްމު ގޮތެއްގައި އަޅަ އެވެ.