ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ފެންމަތި ވިޔަސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ ބަހުގެ ހޫނު ހަމަލާތަކެއް އެ ކޮމިޝަނަށް މިއަދު އަމާޒު ކުރައްވައިފި އެވެ.
15 ޖުލައި 2024
ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ފެންމަތި ވިޔަސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ ބަހުގެ ހޫނު ހަމަލާތަކެއް އެ ކޮމިޝަނަށް މިއަދު އަމާޒު ކުރައްވައިފި އެވެ.
މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީއަށް އޭސީސީ ހާޒިރުކޮށްގެން ބޭއްވި ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ، ގާނޫނު އޮންނަ ގޮތުން ކޮރަޕްޝަންގެ މައްސަލަތައް ފުލުހުންނަށް ނުބެލޭ ކަމަށާއި ނަމަވެސް އޭސީސީ އަށް މައްސަލަ ހުށަހެޅިޔަސް، މައްސަލަތައް ހިފަހައްޓައިގެން ތިބޭތީ ދައުވާ ކުރުމުގެ މުއްދަތު ހަމަވެ، މައްސަލަތައް ބޭރުކޮށްލާ ހާލަތު ދިމާވާނެ ކަމަށެވެ. ކޮންމެ ފަހަރަކު އޭސީސީގެ މެމްބަރުން ބަދަލު ކުރިޔަސް، އެއްވެސް ނަތީޖާއެއް ނުނެރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތި ބޭފުޅުން ކޮންމެ ދައުރެއްގައި ވެސް ހަމަ އެއް ވާހަކަ ދައްކަވަނީ އިނގޭތޯ. ވާ ކަމެއް ހަރާން އިނގޭތޯ. ދެން އަނެއްކާވެސް އަޅުގަނޑުމެން ވީ ތި ބޭފުޅުން ބަދަލުކުރަން. އަނެއްކާވެސް އަނެއް ފަސް މީހުން އައިސްގެން ވެސް މިހެން،" ނާޒިމް ވިދާޅުވި އެވެ.
މަޖިލީހުގެ ނައިބު ރައީސް ނާޒިމް: އޭސީސީއަށް ދުވަހަކު ވެސް ނަތީޖާއެއް ނުނެރެވޭ ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/މިހާރު
އޭނާ ސުވާލު އުފެއްދެވި އެއް ކަމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ އެތައް މައްސަލައެއް އޭސީސީ އަށް ލިބެމުން ދިޔައިރު އަދި ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މަގާމުން ދުރުކުރަން އެދުމުގެ ފުރުސަތު އޭސީސީއަށް އޮތަސް އޭރު އެ ކޮމިޝަނުން އެއްވެސް ކަމެއް ނުކޮށް ތިބި މައްސަލައިގަ އެވެ.
"ތި ބޭފުޅުން އަތްމައްޗަށް ކޮންމެ ދުވަހަކު މައްސަލަތައް އައިސް އައިސް، އެންމެ ފަހުން ވެރިކަން ނިމިގެން ހަތަރު ބިލިއަން ރުފިޔާ ގެއްލުނު ފަހުން އަޅުގަނޑު މި ސުވާލު ކުރަނީ. ތިޔަ ވިދާޅުވީ އެ ބާރު އޮތޭ. ކީއްވެގެންތޯ އެ ބޭފުޅާ [ފެނަކަ ސައީދު] އެއްކައިރި ނުކުރެވުނީ ތި ބޭފުޅުންނަށް،" ވަރަށް ބޮޑަށް ހިތްހަމަނުޖެހުމާ އެކު ނާޒިމް ވިދާޅުވި އެވެ.
ޖަވާބުގައި އޭސީސީން ބުނީ އޭރުގެ ރައީސް އިބްރާހިމަށް މުހައްމަދު ސޯލިހުގެ ސަމާލު ކަމަށް އެކަން އޭސީސީން ގެނައި ކަމަށެވެ. ޕްރައިވެޓައިޒޭޝަން ބޯޑާއި އެހެން މުއައްސަސާތަކުގެ ސަމާލު ކަމަށް ވެސް ގެނެސްފައިވާނެ ކަމަށް އޭސީސީން ބުންޏެވެ.
ރައްޔިތުންގެ މަޖިލިހުގެ މި ދައުރުގައި އެކިއެކި ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން ވަރަށް ފާޅުގައި، ކެރިގެން ވާހަކަ ދައްކަވާ އެއްބޭފުޅަކީ ނާޒިމެވެ.
އެސްއޯއީތަކުގެ ކޮރަޕްޝަން އަދިވެސް ނުހުއްޓޭ: ނާޒިމް
އޭސީސީ ނުހިނގާ، ކޮރަޕްޝަނެއް ވެސް ނުހުއްޓުވޭ: ނާޒިމް
ތުހުމަތުވާ މުވައްޒަފުން ވަގުތުން ވަކިކުރަން ލަފާ ދެނީ
މުއައްސަސާތަކަށް "ވާކަމެއް ހަރާން"، ކީއްވެ؟
އިހުސާނަށްވުރެ ގާބިލް ހޯމް މިނިސްޓަރެއް ރާއްޖެ ނުދެކޭ
މަޖިލިހާއި އޭސީސީ ގުޅިގެން ޕޮލްކޯގެ މައްސަލަ ބަލަނީ
ޕޮލްކޯ ފްލެޓް: އޭސީސީން ފޮނުވި ރިޕޯޓު ސިއްރުކޮށްފި
ބަދަލުދިން މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަނީ
އޭސީސީގައި ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުތައް!
ބީއެމްއެލްގެ އިސްވެރިންނަށް ދިވެހިން އައްޔަންކުރަންޖެހޭ