Roadha Mihaaru
2ރަށަކަށް ވިއްކި ތެލުގައި ފެން ހުރި ވާހަކަ ދޮގުކޮށްފި

ދެ ރަށެއްގައި ވިއްކި ތެލުގައި ފެން ހުރި ވާހަކަ އެފްއެސްއެމުން ދޮގުކޮށްފި

16 ޖުލައި 2024

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ގއ. މާމެންދު އާއި ނިލަންދު އަށް ވިއްކި ތެލުގައި ފެން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ވާހަކަތައް އެ ކުންފުނިން މިއަދު ދޮގުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ގއ. މާމެންދު އާއި ނިލަންދު އަށް ވިއްކި ތެލުގައި ފެން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ވާހަކަތައް އެ ކުންފުނިން މިއަދު ދޮގުކޮށްފި އެވެ.

އެފްއެސްއެމުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ގއ. އަތޮޅުގެ ދެ ރަށަކަށް ވިއްކި ތެލުގައި ފެން ހުރި ކަމަށް ކުރި ތުހުމަތުގެ އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އެ ކުންފުނިން ތެޔޮ ވިއްކަނީ ކޮލިޓީ ޔަގީންކުރުމަށް ފަހު ކަމަށް ނޫސް ބަޔާނުގައި ވެ އެވެ.

ވިއްކަނީ ކޮލިޓީ ތެޔޮކަން ޔަގީން ކުރަން، ކޮންމެ ބާޖެއްގައި ވެސް ފެނަށް ޓެސްޓު ކުރެވޭނެ އިންތިޒާމުތައް ހުންނާނެ ކަމަށް އެފްއެސްއެމުން ބުންޏެވެ.

އެ ކުންފުނިން ވަނީ، ތެޔޮ ވިއްކާ ފަރާތްތަކުން ގަވާއިދާ އެއްގޮތަށް ތެޔޮ ރައްކާކުރުމުގެ އިންތިޒާމްތައް ހަމަޖައްސައި، ކަމާ ބެހޭ ފަރާތްތަކުގެ ލަފަޔާ އެއްގޮތަށް އަމަލުކުރަން އިލްތިމާސް ކޮށްފަ އެވެ.