Roadha Mihaaru
އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

21 ފެބުރުއަރީ 2021

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

މި ބަދަލާއެކު، މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ 8.44ރ. އަށެެވެ. އިއްޔެއާ ހަމައަށް ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 8.07ރ. އަށެވެ. އިއްޔެއާ ހަމައަށް 8.71ރ. އަށް ވިއްކަމުން އައި ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ލިބޭނީ 9.19ރ. އަށެވެ.

އެސްޓީއޯ އިން ބުނީ، ރާއްޖޭގައި ވިއްކާ ތެލުގެ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެފައިވާތީ ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެން ފެށީ އެންމެ ގިނައިން ތެޔޮ އެކްސްޕޯޓު ކުރާ ސައުދީ އަރަބިއްޔާ އިން އުފައްދާ ތެލުން ދުވާލަކު އެއް މިލިއަން ފީފާ އަށް މަދު ކުރުމުންނެވެ. މިއީ އޯޕެކްގެ ގައުމުތަކާއެކު ސައުދީން ސޮއިކުރި އެއްބަސްވުމުގެ ދަށުން ގެނައި ބަދަލުތަކެކެވެ.

އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލެއް ގެނައީ މިދިޔަ އަހަރުގެ މާޗު 21 ގަ އެވެ. އެ ފަހަރު އެ ކުންފުނިން ވަނީ ޕެޓްރޯލާއި ޑީސެލްގެ އަގުތައް ކުޑަކޮށްފަ އެވެ.