އައްޑޫގައި ހިންގާ ޕޮލިސް ކޮލެޖުން ތަމްރީން ހެދުމަށް ދިޔަ ފުލުހުންގެ ގިނަ ބަޔަކު ކާނާ ވިހަވި މައްސަލާގައި މިހާރު އައިސީޔޫގައި ފަރުވާދެމުން ދަނީ ދެ މީހަކަށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އައްޑޫގައި ހިންގާ ޕޮލިސް ކޮލެޖުން ތަމްރީން ހެދުމަށް ދިޔަ ފުލުހުންގެ ގިނަ ބަޔަކު ކާނާ ވިހަވި މައްސަލާގައި މިހާރު އައިސީޔޫގައި ފަރުވާދެމުން ދަނީ ދެ މީހަކަށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ހިތަދޫގައި ހިންގާ ޕޮލިސް ކޮލެޖުގެ ތަމްރީނަށް ދިޔަ ފުލުހުންގެ ތެރެއިން 32 މީހަކު ކާނާވިހަވެގެން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ރޭ އެޑްމިޓް ކުރި އެވެ. އޭގެ ތެރެއިން ފަސް މީހަކަށް އައިސީޔޫގައި ފަރުވާ ދޭން ރޭ ފެށިއިރު، އެކެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
ނަމަވެސް ފުލުހުން މިއަދު ހެނދުނު ބުނީ، މިހާރު އައިސީޔޫގައި ފަރުވާ ދެނީ ދެ މީހަކަށް ކަމަށެވެ. އެ ދެ މީހުން ފިޔަވައި އެހެން އެންމެން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން މީޑިއާގައި ބުންޏެވެ.
ކާނާވިހަވީ، އަންނަ ހޮނިހިރު ދުވަހު ބޭސިކް ޓްރެއިނިން ފަށާ ބެޗުގެ ދަރިވަރުންތަކެކެވެ. ފުލުހުން ރޭ ބުނެފައިވަނީ ކުދިންގެ ހާލު ގޯސްވީ ކާނާ ވިހަވެގެން ކަމަށް ބެލެވޭ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ޕޮލިސް ކޮލެޖުގައި ކޭޓަރިންގެ ހިދުމަތް ދެނީ ބެސްޓް ސިލެކްޝަން ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނީގެ ދަށުން މާލެ އާއި އައްޑޫގައި ވެސް ރެސްޓޯރަންޓުތައް ހިންގަ އެވެ. އަދި ކޭޓަރިންގެ ހިދުމަތް ވެސް އަންނަނީ ދެމުންނެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ރޭ ބުނީ، ފުލުހުންނަށް ފަރުވާ ދިނީ އެލާޖީ އެއް ވެގެން ކަމަށާއި ނަމަވެސް، އެލާޖިކް ވީ ކޮން އެއްޗަކަށް ކަމެއް ނޭނގޭ ކަމަށެވެ.
ކާނާ ވިހަވެގެން ހާލު ސީރިއަސްވި މީހާ ދޫކޮށްލައިފި
ކާނާ ވިހަވެގެން ސީރިއަސްވި ދެ މީހުންގެ ހާލު ރަނގަޅު
116 ފުލުހަކު އަސާސީ ތަމްރީން ކޯސް ފުރިހަމަކޮށްފި
"ނަޒާހަތްތެރިކަން ވިއްކާ ނުލައި ކަރާމާތް ދަމަހައްޓާ"
ސިފައިންނާއި ފުލުހުންގެ ބޭސްފަރުވާ އަށް 727 މިލިއަން
އައްޑޫގައި ރޯގާ އާއި އިންފްލުއެންޒާ އިތުރުވެއްޖެ
އައްޑޫ ކެތުލެބު ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފި
ގައިންގަޔަށްއަރާ ބައްޔެއް ހުރި މީހަކު ފިލައިގެން ހޯދަނީ
ތަސައްވުރު ރަނގަޅު ކުރަން ނަވީންގެ އިލްތިމާސްތަކެއް
196 ފުލުހަކު އަސާސީ ތަމްރީން ކޯސް ފުރިހަމަކޮށްފި