މ. މުލިން ކަރަންޓް ކެނޑިފައި އޮންނަތާ އެއް ދުވަސް ވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
18 ޖުލައި 2024
މ. މުލިން ކަރަންޓް ކެނޑިފައި އޮންނަތާ އެއް ދުވަސް ވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
އެ ރަށުގައި ހުރި ދެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން މުޅި ރަށުން ކަރަންޓުގެ ހިދުމަތް ކެނޑުނީ އިއްޔެ ހެނދުނު އެވެ. އަދިވެސް ކަރަންޓު ނުލިބޭ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.
މުލި ކައުންސިލް މެމްބަރު އަހްމަދު ސާކިފް ވިދާޅުވީ އިއްޔެ ކަރަންޓު ކެނޑުނު ވަގުތުން ފެށިގެން ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ކަރަންޓަށް ހައްލެއް ނުލިބޭ ކަމަށް ސާކިފް ވިދާޅުވި އެވެ.
"ދިމާވެގެން އުޅެނީ ކޮން މައްސަލައެއްކަން ދެނެނުގަނެވޭ. އެކަމަކު މަސައްކަތް ކުރޭ އެބަ،" އޭނާ ވިދާޅުވި އެވެ.
ފެނަކައިން ބުނީ އެ ރަށުގެ ކަރަންޓަށް ދިމާވި ވަގުތުން ފެށިގެން، އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން 600 ކިލޯވޮޓުގެ އާ ޖަނަރޭޓަރެއް އެރަށަށް ގެންގޮސް، އެ ޖަނަރޭޓަރު އިންސްޓޯލްކޮށްގެން ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
އާބާދީގައި 1،500 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ އެ ރަށުގައި ކަރަންޓު ހިދުމަތް މެދުކެނޑުމުން އާންމު ދިރިއުޅުމަށް ބުރޫ އަރާފައިވާކަން ފާހަގަ ކުރައްވައި، ސާކިފް ވިދާޅުވީ ރޭ ގިނަ ރައްޔިތުން އުޅުނީ ނުނިދާ ކަމަށެވެ. އެހެންވެ، ސްކޫލްތަކާއި އޮފީސްތައް ވެސް ބަންދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ހާލުގައި މި އުޅެނީ. އިއްޔެއިން ފެށިގެން ކޮންމެހެން ކަރަންޓު ދޭން ޖެހޭ ތަންތަނަށް، ހޮސްޕިޓަލް ކަހަލަ ތަންތަން، ބަހާލައިގެން ދެމުން މި ގެންދަނީ، ބައި ގަޑިއިރުން ބައި ގަޑިއިރުން،" ސާކިފް ވިދާޅުވި އެވެ.
ސާކިފް ވިދާޅުވީ އެ ރަށު ކަރަންޓު މައްސަލަ ދިމާވާތާ އެތައް މަހެއް ވެފައިވާ ކަމަށެވެ. އެކަން ފެނަކައިގެ އިސް ވެރިން ވެސް ފާހަގަ ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިފަދަ މައްސަލައެއް ދިމާވެދާނެކަން މީގެ ކުރިން ފެނަކައިގެ އިސް ބޭފުޅުން މިކޮޅަށް ވަޑައިގެން ދަތުރެއްގައި ދެއްކެވި ވާހަކަތަކުން ވެސް އެނގުނި. އޭރު އެ ބޭފުޅުން ވިދާޅުވީ ރާއްޖޭގައި ކަރަންޓުގެ ހާލަތު މިހާރު ހުރި އެންމެ ގޯސް ތަންތަނުގެ ތެރޭގައި މުލި ހިމެނޭ،" އޭނާ ވިދާޅުވި އެވެ.
އެ ރަށަށް ކުރިން ގެންގޮސްފައި ހުރި އާ ޖެނެރޭޓަރެއްވެސް އެބަހުރި ކަމަށާއި ނަމަވެސް އަދިވެސް ބޭނުންކުރަނީ ކުރީގެ ބާ ޖަނަރޭޓަރު ކަމަށެވެ. ނަމަވެސް މިހާރު ދަނީ އާ ޖެންސެޓް ގުޅައިގެން މުޅި ރަށަށް ކަަރަންޓު ދިނުމުގެ މަސައްކަތް ކަމަށް ވެސް ވިދާޅުވި އެވެ.
މުލީގައި ކަރަންޓު ނެތުމުން އެޗްއާރްސީއެމްގެ ކަންުބޮޑުވުން
އައްޑުއަށް ގެންދިޔަ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި
ކަރަންޓު މައްސަލާގައި ކޮމިޓީއަށް ފެނަކަ ހާޒިރުކުރަނީ
އައްޑު އަށް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ގެންދަނީ
ދެ ޖަނަރޭޓަރު ހަލާކުވެ, ކެލާގެ ކަރަންޓު ކެނޑެނީ!
އައްޑޫގައި ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވެއްޖެ
އަނެއްކާވެސް އައްޑޫން ކަރަންޓުކެނޑޭ މައްސަލަ ބޮޑުވެއްޖެ
ކަރަންޓު ކެނޑޭ މައްސަލަ ރޯދައިގެ ކުރިން ހައްލުކުރަނީ
ކަރަންޓް ބިލްތަކަށް 400 މިލިއަން ފެނަކައަށް ނުލިބޭ
ފެނަކައަށް 39ޖަނަރޭޓަރު ގަނެ މައްސަލަތައް ހައްލުކުރަނީ