ޓިކްޓޮކް ލައިވެއްގައި ހިނގި ދެބަސްވުމަކާ ގުޅިގެން، ގެއަކަށް ވަދެ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކުރުމަށް ފަހު މިއަދު ދޫކޮށްލައިފި އެވެ.
21 ޖުލައި 2024
ޓިކްޓޮކް ލައިވެއްގައި ހިނގި ދެބަސްވުމަކާ ގުޅިގެން، ގެއަކަށް ވަދެ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކުރުމަށް ފަހު މިއަދު ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ޓިކްޓޮކް ލައިވެއްގައި ހިންގި ދެބަސްވުމަކާ ގުޅިގެން، މާފަންނުގެ ގެއަކަށް ހެނދުނު ވަދެ ހަމަނުޖެހުން ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.
އޭގެ ތަފްސީލެއް ނުލިބެ އެވެ.
ޓިކްޓޮކް ލައިވްއެއްގައި މީގެ ދެ ތިން ދުވަސް ކުރިން ވެސް ދެ އަންހެނަކު ވަނީ ޒުވާބުކޮށްފަ އެވެ.
ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ ދެ މީހެއްގެ މެދުގައި ވިލިމާލޭގައި ހިނގި ހަމަނުޖެހުންތަކުގައި، އެތަނުން އެކަކު ވަނީ، ގްރޫޕު ހަދައިގެން ދެން ހުރި އަންހެން މީހާގެ ގެއަށް ގޮސް ޒުވާބުކޮށްފަ އެވެ. އަދި ޓިކްޓޮކް ލައިވްގައި އެކަކު އަނެކަކަށް އެކި ބޮޑެތި ތުހުމަތުތައް ކޮށްފައި ވެ އެވެ.
ޓިކްޓޮކްގައި ކުޑަކުއްޖަކު ވިއްކާލަން ޖެހި މައްސަލައެއް
ޓިކްޓޮކްގައި ބަރަހަނާވާ މީހާ 10 ދުވަހަށް ބަންދު
ވައިބާ ކޮންޕްރޮމައިޒްކޮށް، ފޭރުނު މީހަކު ހައްޔަރު
ދިރާގު ޓިކްޓޮކް ޗެލެންޖުން 10،000ރ. ދެނީ
ކަފާލާތުގެ ދަށުން ފޭޒްލީން ދޫކޮށްލައިފި
ބްލެކްމެއިލް ކުރުމުގައި އުޅޭ ދެ މީހަކު ހައްޔަރުކޮށްފި
ނޭޕާލްގައި ސޯޝަލް މީޑިއާ އެއްކޮށް ބަންދު!
ތަކެތި ވިއްކާކަމަށް ބުނެ ސްކޭމް ހިންގި މީހަކު ހައްޔަރު
ހަމަނުޖެހުމަށް ހިތްވަރު ދިންކަމަށް ބުނެ ހައްޔަރު
ހުއްދަ ނެތި ސޯޝަލް މީޑިއާ ޕްރޮމޯޝަން ހިންގުން މަނާ!