ބަރަހަނާ ވީޑިއޯ ހުރި ކަމަށް ބުނެ މީހުންނަށް ބަޔަކަށް ބިރު ދައްކައި، އަދި ބަރަހާނަކޮށް އަދި ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
07 ސެޕްޓެމްބަރ 2025
ބަރަހަނާ ވީޑިއޯ ހުރި ކަމަށް ބުނެ މީހުންނަށް ބަޔަކަށް ބިރު ދައްކައި، އަދި ބަރަހާނަކޮށް އަދި ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މީހަކަށް ވަޅިން ބިރުދައްކައިގެން ފައިސާ ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ މަހު 31 ގައި ކަމަށް ފުލުހުން ބުންޏެވެ.
ހުޅުމާލެ 1 ގައި ހުންނަ އެޕާޓްމަންޓަކަށް އެ މީހާ ގެންދިޔައީ ފޭސްބުކް މެސެންޖާއިން އޭނާއާ ވާހަކަ ދައްކައި، އޭނާގެ ބަރަހަނާ ވީޑިއޯ ހުރި ކަމަށް ބުނެ ބިރު ދައްކައިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާއަށް ވަޅިން ބިރުދައްކައި، އޭނާގެ އެކައުންޓުން ފައިސާ ނަގައި، އަދި އޭނާ ބަރަހަނާކޮށް، ވީޑިއޯ ކުރުމަށްފަހު އިތުރު ފައިސާ ހޯދުމަށް އެ މީހުން ޑިމާންޑުކުރި ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ހއ. ފިއްލަދޫ، ސީރީންމަންޒިލް، މުހައްމަދު ސަމީރާއި ލ. ގަން، ތުނޑި، އަރާއިރު، އަލީ ހައިސަލް އެވެ.
ފުލުހުން ބުނި ގޮތުގައި، އެ ދެމީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ މީހުން ހައްޔަރުކުރީ ހުޅުމާލެ 1 ގައި އެ މީހުން ތިބި އެޕާޓްމަންޓުންނެވެ.
ފުލުހުން ބުނީ އެ އެޕާޓްމަންޓު ބަލައި ފާސްކުރުމުން، އެކި މީހުންގެ އަތުން ފޭރިގެން ހޯދާފައިވާ ކަމަށް ބެލެވޭ ތިން މޯބައިލް ފޯނާއި ތިން އަތުކުރި ގަޑި އާއި ޑްރޯންއަކާއި ދޮއްޓަކާއި ދެ އަވިއައިނާއި ރިހި ފަށެއް އަދި ރިހި އަނގޮޓިއެއް ފެނިފައިވާ ކަމަށެވެ. އަދި އެ އެޕާޓްމަންޓުން ހަ ވަޅި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ދެ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަލީ ހައިސަލް ހަތަރު ދުވަހަށް އަދި މުހައްމަދު ސަމީރު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް މީހުންނާ ވާހަކަ ދައްކައި، ބަރަހަނާ ވީޑިއޯ ހުރި ކަމަށް ބުނެ ބިރުދައްކައިގެން ގެންގޮސް، މީހުންގެ އަތުން ފޭރެން އެ ދެ މީހުން އުޅުނު ކަމަށް ތުހުމަތު ކުރެވޭ އިތުރު ދެ މައްސަލައެއް ވެސް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހުން އިތުރު މީހުންނަށް ވެސް ބިރުދައްކައިގެން ފޭރިފައިވާ ކަމަށް ބެލެވޭތީ، އެމީހުންގެ ފަރާތުން އެފަދަ އެއްވެސް ކަމެއް ދިމާވެފައިވާ އެއްވެސް މީހަކު ހުރި ނަމަ ފުލުހުންނަށް އެކަން ރިޕޯޓް ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ތަކެތި ވިއްކާކަމަށް ބުނެ ސްކޭމް ހިންގި މީހަކު ހައްޔަރު
"ކެލާ އަހައްމަދު" އިތުރު ބަަޔަކަށް ލަނޑުދިންތޯ ބަލަނީ
ދުވަސްވީ މީހުންގެ އަތުން ފޭރޭ މައްސަލަތައް އިތުރުވަނީ
ވަގު ސްލިޕް ހަދަން ހާއްސަ އެޕެއް، ސަމާލުވާން އެދެފި
މަކަރާއި ހީލަތާ ގުޅޭ މައްސަލައެއްގައި މީހަކު ހޯދަނީ
ފޭކް ކުންފުންޏަކުން އޮޅުވާލައިގެން މުދާ ހޯދާ މީހެއް!
އެމްއައިބީގެ ފޭކް ސްލިޕް ފޮނުވާތީ ސަމާލުވާން އެދެފި
ޝިޕިން ޗާޖު ހޯދަން ކަމަށް ބުނެ މަކަރުން ފައިސާ ހޯދަނީ
ހަގީގަތް އޮޅޭ ގޮތަށް ބައެއް ކަންކަން ފެތުރޭ: ޕޮލިސް
ހެކި ގެއްލެނީ، މިވަރުން އިތުބާރު ކުރާނީ ކިހިނެއް؟