ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު އެ މަގާމުން ވަކި ކުރައްވައި، ފުރަތަމަ ފަހަރަށް ކަސްޓަމްސްގެ ވެރިއަކަށް އަންހެން ބޭފުޅަކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފި އެވެ.
22 ޖުލައި 2024
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު އެ މަގާމުން ވަކި ކުރައްވައި، ފުރަތަމަ ފަހަރަށް ކަސްޓަމްސްގެ ވެރިއަކަށް އަންހެން ބޭފުޅަކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފި އެވެ.
މާނިއު އެ މަގާމުން ވަކިކުރެއްވުމަށް ފަހު، އަލަށް އައްޔަން ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސްގެ މަގާމުގައި މިހާތަނަށް ހުންނެވި ފާތިމަތު ދިޔާނާ އެވެ. އޭނާއަށް މަގާމުގެ ފަތްކޮޅު ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު ވަނީ ދެއްވައިފަ އެވެ.
މިއީ ކަސްޓަމްސްގެ ކޮމިޝަނާގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ. ދިޔާނާ ކަސްޓަމްސްގައި މަސައްކަތް ކުރައްވާތާ 23 އަހަރު ވަނީ ވެފަ އެވެ.
ކަސްޓަމްސްގެ އާ ވެރިޔާ ދިޔާނާ
ކަސްޓަމްސް އިން މާނިއު ވަކި ކުރެއްވުމަށް ފަހު، އޭނާ އައްޔަން ކުރެއްވީ ހޯމް މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.
ކަސްޓަމްސްގެ އިސްވެރިއަކައަށް މިއަދާ ހަމައަށް ހުންނެވި މާނިއު: އޭނާ ބަދަލުކުރެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް.
މާނިއުއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނާ އޭރު މަގާމުން ވަކި ކުރައްވާފައި ވަނިކޮށް ކަސްޓަމްސްގެ ކޮމިޝަނާގެ މަގާމަށް އޭނާ އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
ވަޒީފާ އިޔާދަ ކުރުމާއެކު މަހުމޫދު އޮފީހަށް ނުކުމެއްޖެ
ކޮމިޓީގެ ލަފައާއެކު މަހުމޫދުރިޔާޒުގެ ވަޒީފާ އިޔާދަކޮށްފި
މަހުމޫދު ރިޔާޒުގެ މަގާމު އިޔާދަކުރަން ލަފާއަރުވައިފި
ތިން އޮފިސަރުންގެ ކަންކަން އެބަ ބަލަން: ކަސްޓަމްސް
މަހުމޫދު ރިޔާޒު ވިދާޅުވީ ކޮރަޕްޓް ނުވާ ކަމަށް
ފިޔަވަޅު އެޅީ "ސިއްރު" ވާހަކަތަކަށް ރިއާޔަތްކޮށް
މަޖިލީހުގެ ނިންމުން ތަންފީޒުކުރުމުން ރައީސަށް ޝުކުރު
ވައްކަމާ ގުޅިގެން ކަސްޓަމްސްގެ ދެ ޑެޕިއުޓީން ވަކިކޮށްފި
އަންހެނުންގެ ކޮމިޓީގެ ބަޖެޓް ބޮޑުކުރަން ނިންމައިފި
ބާރުއަޅަނީ މަޖިލީހުގައި މިންތީގެ ހަމަހަމަކަމަށް: ރައީސް