Roadha Mihaaru
ސިވިލް ސާވިސްގެ ހިދުމަތް ރަނގަޅުކުރަން ހިޔާލު ހޯދަނީ

ސިވިލް ސާވިސްގެ ހިދުމަތް ރަނގަޅު ކުރަން ގަވައިދަށް އާއްމުންގެ ހިޔާލަށް ހުޅުވާލައިފި

23 ޖުލައި 2024

ސިވިލް ސާވިސްގެ ހިދުމަތް ރަނގަޅު ކުރަން ބޭނުންވާތީ، ސިވިލް ސާވިސް ގަވާއިދު އިސްލާހު ކުރަން އާއްމުންގެ ހިޔާލު ހޯދަން މިއަދު ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސިވިލް ސާވިސްގެ ހިދުމަތް ރަނގަޅު ކުރަން ބޭނުންވާތީ، ސިވިލް ސާވިސް ގަވާއިދު އިސްލާހު ކުރަން އާއްމުންގެ ހިޔާލު ހޯދަން މިއަދު ހުޅުވާލައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ، ސިވިލް ސާވިސް މެދުވެރިކޮށް، ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ޒަރީއާ އިން އަވަސްކަމާ އެކު، އެ ހިދުމަތްތައް ފޯރުކޮށްދިނުމަކީ އަމާޒެއް ކަމަށެވެ.

އެ ލަނޑުދަނޑި ހާސިލްކުރުމަށް ސިވިލް ސާވިސް ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ފަށައި، ސިވިލް ސާވަންޓުންނާއި އާއްމުންގެ ހިޔާލަށް އަންނަ މަހުގެ 31 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އިއުލާނުގައި ބުނީ ސިވިލް ސާވިސްގެ ހިދުމަތް ރަނގަޅު ކުރުމަށް ހިޔާލެއް ހިއްސާކުރަން ބޭނުންވާ ނަމަ [email protected] އީމެއިލް އެޑްރެސް ނުވަތަ ކޮމިޝަނަށް ފޮނުވޭނެ ކަމަށެވެ.

އެ ގަވައިދު ކޮމިޝަންގެ ވެބްސައިޓުން ފެންނާނެ އެވެ.

ސީއެސްސީން ބުނިގޮތުގައި މުވައްޒަފުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމާއި އިދާރާތައް ހިންގަން ފަސޭހަ ގޮތްތައް ހޯދައި ދިނުން އަދި މުވައްޒަފުންގެ ކަންކަން ބެލެހެއްޓޭނެ ފަސޭހަ ނިޒާމުތައް ގާއިމްކުރުމަކީ ކޮމިޝަނުން އަބަދު ވެސް ކުރާ ކަމެކެވެ. ސިވިލް ސާވިސްގެ ހިދުމަތްތައް ރަނގަޅުކުރަން ހިޔާލަށް ހުޅުވާލިއިރު، އެ ދާއިރާގެ ހިދުމަތްތަކާ މެދު އާއްމުންގެ ޝަކުވާ އަބަދު ވެސް ބޮޑެވެ. އެހެންވެ، އެ ގަވައިދަށް ދޭތެރެދޭތެރެއިން ބަދަލުތައް ގެނެ އެވެ. އެކަމަކު، މި ގޮތަށް އާއްމުންގެ ހިޔާލަށް ހުޅުވާލައިގެން ގަވައިދު އަދި އިސްލާހެއް ނުކުރެ އެވެ.