Roadha Mihaaru
ސިވިލް ސާވިސް ގަވާއިދަށް އިސްލާހު ގެންނަނީ

ސިވިލް ސާވިސް ގަވާއިދަށް އިސްލާހު ގެންނަން ޚިޔާލު ހޯދަނީ

16 ޖެނުއަރީ 2020

ސިވިލް ސާވިސް ގަވާއިދަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުންދާތީ އެ ގަވާއިދަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުޅުވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިވިލް ސާވިސް ގަވާއިދަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުންދާތީ އެ ގަވާއިދަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުޅުވާލައިފި އެވެ.

ސީއެސްސީން ނެރުނު ބަޔާނެއްގައިވަނީ ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން 2014 ގައި އަމަލު ކުރަން ފެށި ސިވިލް ސާވިސް ގަވާއިދު މުރާޖާކޮށް، އިސްލާހު ގެނައުމުގެ މަސައްކަތް އެ ކޮމިޝަނުން މިހާރު ކުރަމުންދާ ކަމަށެވެ.

އެ ގަވާއިދަކީ އާންމުންނާއި ސަރުކާރުގެ އިދާރާތަކާއި ސިވިލް ސާވިސް މުވައްޒަފުންގެ ހައްގުތަކެއް ވެސް އެކުލެވޭ މުހިންމު ގަވާއިދަކަށް ވާތީ އެ ފަރާތްތަކުގެ ޚިޔާލާ އެކު ގަވާއިދަށް އިސްލާހު ގެނައުމަކީ މުހިންމު ކަމެއް ކަަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެހެންވެ، މިއަދުން ފެށިގެން އެއް މަސް ތެރޭގައި އެ ގަވާއިދަށް ގެންނަން ފެންނަ އިސްލާހުތަކާ ބެހޭ ޚިޔާލު އީމެއިލް ނުވަތަ ސިޓީ މެދުވެރިކޮށް ވެސް އެ ކޮމިޝަނަށް ހުށަހެޅޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.