ތ. އަތޮޅުގައި މީހުން ދިރިއުޅޭ 12 ރަށެއްގައި ގާއިމްކޮށްފައިވާ ސޯލާ ޕީވީ ހައިބްރިޑް ޕަވާ ސިސްޓަމްތަކުން ކަރަންޓު އުފައްދަން ފަށައިފި އެވެ.
24 ޖުލައި 2024
ތ. އަތޮޅުގައި މީހުން ދިރިއުޅޭ 12 ރަށެއްގައި ގާއިމްކޮށްފައިވާ ސޯލާ ޕީވީ ހައިބްރިޑް ޕަވާ ސިސްޓަމްތަކުން ކަރަންޓު އުފައްދަން ފަށައިފި އެވެ.
މި މަޝްރޫއުގެ ނިމުން ފާހަގަކޮށް، މި 12 ރަށުގައި ގާއިމްކޮށްފައިވާ ސޯލާ ޕީވީ ހައިބްރިޑް ޕަވާ ސިސްޓަމްތައް ބޭނުންކުރުން ރަސްމީކޮށް އިފްތިތާހުކުރަން އިއްޔެ ވަނީ ތ. ކިނބިދޫގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވެސް ބައިވެރިވެވަޑައިގަތެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ތ. އަތޮޅުގައި މީހުން ދިރިއުޅޭ 12 ރަށުގައި ޖުމްލަ 2.5 މެގަވޮޓުގެ ސޯލާ ޕީވީ ހައިބްރިޑް ޕަވާ ސިސްޓަމްތައް ގާއިމްކޮށްފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން 1.9 މެގަވޮޓު ކަރަންޓް އުފައްދާ ބެޓަރީ ސްޓޯރޭޖް ސިސްޓަމްތަކެއް ވެސް ބަހައްޓާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ތ. އަތޮޅުގެ 12 ރަށުގައި ގާއިމްކޮށްފައިވާ ސޯލާ ޕީވީ ހައިބްރިޑް ޕަވާ ސިސްޓަމްތައް ބޭނުންކުރުން ރަސްމީކޮށް އިފްތިތާހުކުރުމަށް ތ. ކިނބިދޫގައި ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
މި 12 ރަށުގައި ސޯލާ ހަކަތައިގެ ސިސްޓަމްތައް ބެހެއްޓީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ)ގެ އެހީތެރިކަމާ އެކު ސަރުކާރުން ކުރިއަށް ގެންދާ "ޕްރިޕެއަރިން އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނާޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް)" މަޝްރޫއުގެ ދަށުންނެވެ.
ތ. އަތޮޅުގައި ބެހެއްޓި މި ސިސްޓަމްތަކާ އެކު، ރަށްރަށުގައި މިހާރު ޖުމްލަ 67.5 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމްތައް ގާއިމްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން އަހަރަކު 1.2 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށް ލަފާކުރެވެ އެވެ. އަދި މީގެ ސަބަބުން އަހަރަކު 3,300 ޓަނުގެ ކާބަންޑައިއޮކްސައިޑް ޖައްވަށް ބޭރުވުން މަދުކުރެވޭނެ އެވެ.
"މި މަޝްރޫއަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ހަކަތަ އުފައްދަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ހިންގާ އެއް މަޝްރޫއު އެވެ. މި މަޝްރޫއުގެ ސަބަބުން ތ. އަތޮޅުގެ ރަށްތަކުގައި ކަރަންޓުގެ ހިދުމަތް އިތުރަށް ރަނގަޅުވެ، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެ އެވެ،" ތިމާވެއްޓާ ބެހޭ މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައިވެ އެވެ.
ތ. އަތޮޅުގެ 12 ރަށުގައި ގާއިމްކޮށްފައިވާ ސޯލާ ޕީވީ ހައިބްރިޑް ޕަވާ ސިސްޓަމްތައް ބޭނުންކުރުން ރަސްމީކޮށް އިފްތިތާހުކުރުމަށް ތ. ކިނބިދޫގައި ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
ޕޮއިސްޑް މަޝްރޫއުގެ ދަށުން، ރާއްޖޭގެ 160 ރަށެއްގައި ހުންނަ ޑީސަލް އިންޖީނުގެތައް ބެޓަރީ ސްޓޯރޭޖް ހިމެނޭ ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމްތަކަށް ގެންދަނީ ބަދަލުކުރަމުންނެވެ. މިހާތަނަށް މި މަޝްރޫއުގެ ދަށުން 72 ރަށެއްގައި މަސައްކަތް ވަނީ ނިމިފަ އެވެ. އެއީ ޖުމްލަ 13.4 މެގަވޮޓްގެ ސޯލާ ޕީވީ އާއި ގަޑިއަކު 9.8 މެގަވޮޓް ބެޓަރީ ސްޓޯރޭޖެވެ.
މި މަޝްރޫއުގެ އިތުރުން، އޭޑީބީގެ އެހީތެރިކަމާ އެކު މިދިޔަ އަހަރު ވަނީ މި ކަހަލަ އެހެން މަޝްރޫއެއް ވެސް ފައްޓައިފަ އެވެ. އެއީ "އެކްސެލެރޭޓިން ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިން ރިނިއުވަބަލް އެނާޖީ (އެޝުއާ)" ޕްރޮޖެކްޓެވެ. އެއީ އިޔާދަކުރަނިވި ހަކަތަށް އަމިއްލަ ފަރާތްތަކުން ކުރާ އިންވެސްޓްމަންޓް އިތުރުކުރުމަށް ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ހިންގާ ޕްރޮޖެކްޓަށް އިންވެސްޓަރުން ހޯދަން މި ހަފުތާގައި މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ.
ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެ ސިޔާސަތުގެ ދަށުން ސަރުކާރުން މިފަހުން ވަނީ އެހެން ބައެއް ޕްރޮޖެކްޓުތައް ވެސް އިއުލާންކޮށްފަ އެވެ.
ފުރާޅުގައި ސޯލާޕެނަލް ހަރުކުރުމުގެ ފުރުސަތު ހުޅުވާލައިފި
ސޯލާ ހަކަތަ ނިޒާމު ގާއިމްކުރަން އިންވެސްޓަރުން ހޯދަނީ
ގޭގޭގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުމުގެ ޕްރޮގްރާމެއް
އަޖުމަ ބެލުމުގެ ގޮތުން ސޯލާ ފެރީއެއް ބަނދެފި
ހަސަން ހަމީދުގެ ހައްލު: ޕެނަލްތައް މަގުގެ މައްޗަށް!
ސޯލާ ޕްރޮޖެކްޓުން އަހަރަކު 20 މިލިއަން ސަލާމަތްވާނެ
ސޯލާ ޕެނަލްތައް ސްޓެލްކޯގެ ގްރިޑަށް ގުޅުވަނީ
ސޯލާ ޕެނަލްތަކުން އަންނަމަހު ކަރަންޓް އުފައްދަނީ
އައްޑޫގެ ކަރަންޓުގެ މައްސަލައަށް ހައްލެއް
ށ އަދި ނ. ގައި ކަރަންޓުގެ ބޮޑު މަޝްރޫއެއް