Roadha Mihaaru
ހޮލީވުޑްގައި ބޮޑު ދެ ވަރި އާއި ކައިވެންޏެއް

ހޮލީވުޑްގައި ބޮޑު ދެ ވަރި އާއި ކައިވެންޏެއް

19 ޖުލައި 2023

ހޮލީވުޑްގެ މަޝްހޫރު ދެ ކަޕުލްއެއް ވަރިވެއްޖެ އެވެ.

ހޮލީވުޑްގެ މަޝްހޫރު ދެ ކަޕުލްއެއް ވަރިވެއްޖެ އެވެ.

ބައެއް ނޫސްތަކުން ރިޕޯޓް ކުރި ގޮތުގައި، ދެ އަހަރު ދުވަހު ކައިވެނިކޮށްގެން އުޅުމަށް ފަހު، އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް އަރިއާނާ ގްރާންޑޭ އާއި ވިޔަފާރިވެރިޔާ ޑެލްޓަން ގޯމޭޒް ވަނީ ވަރިވެފަ އެވެ.

އެ ތަރިން ވަރިވި ސަބަބެއް އަދި ނޭނގޭއިރު، އެކަމާ ގުޅޭ ގޮތުން ދެމީހުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް، އަރިއާނާ ގްރާންޑޭ އާއި ވިޔަފާރިވެރިޔާ، ޑެލްޓަން ގޯމޭޒް.

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް، އަރިއާނާ ގްރާންޑޭ އާއި ވިޔަފާރިވެރިޔާ، ޑެލްޓަން ގޯމޭޒް.

ވަރިވި ދެވަނަ ކަޕުލްއަކީ އެމެރިކާ/ކެނެޑާގެ މަޝްހޫރު އެކްޓްރެސް، ސޯފިއާ ވަގޭރާ އާއި އެމެރިކާގެ އެކްޓަރު، ޖޯ މަންގަނިއެލޯ އެވެ. އެ ތަރިން ވަރިވީ ހަތް އަހަރު އެކުގައި އުޅުމަށް ފަހު އެވެ.

ސޯފިއާ އާއި ޖޯ ވަރިވިކަން އެ ތަރިން ވަނީ ޕޭޖް ސިކްސްއަށް ކަށަވަރުކޮށްދީފަ އެވެ. ވަރިވި ސަބަބު ނުބުނެ އެ ތަރިން ބުނީ މިއީ ވަރަށް އުނދަގޫ ވަގުތެއް ކަމަށާއި މި ދަނޑިވަޅުގައި އެމީހުންގެ ޕްރައިވެސީއަށް އާންމުން އިހުތިރާމު ކުރުމަށް އެދޭ ކަމަށެވެ.

އިއްޔެ ވަނީ ހޮލީވުޑްގެ މަޝްހޫރު ތަރިއަކު ކައިވެނި ވެސް ކޮށްފަ އެވެ. އެއީ އެމެރިކާގެ އެކްޓަރު، ޑިލަން ސްޕްރައުސް އެވެ. އޭނަ ކައިވެނި ކުރީ ހަންގޭރީގެ މޮޑެލް، ބާބްރާ ޕެލްވިންއާ އެވެ. އެ ދެމީހުން މި ކައިވެނި ކުރީ ރައްޓެހިވެގެން އުޅޭތާ ފަސް އަހަރު ފަހުންނެވެ.