ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން މާކެޓިން ސްޓްރެޓެޖީތައް ހަރުދަނާކޮށް، އެއްބާރުލުން އިތުރުކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ(މަޓީ)އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
24 ޖުލައި 2024
ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން މާކެޓިން ސްޓްރެޓެޖީތައް ހަރުދަނާކޮށް، އެއްބާރުލުން އިތުރުކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ(މަޓީ)އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާޙިމް ޝިއުރީ ވިދާޅުވީ މަޓީއާއެކު ސޮއިކުރި އެއްބަސްވުމަކީ މުހިންމު އެއްބަސްވުމެއް ކަމަށެވެ. އަދި މި އިންޑަސްޓްރީގައި މަޓީގެ އިލްމާއި ތަޖުރިބާއަކީ އެމްއެމްޕީއާރުސީގެ މަސައްކަތްތައް ހަރުދަނާ ކުރުމުގައި އަގުހުރި އެސެޓަކަށް ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އަދި މިކަމުގައި މަޓީގެ ސަޕޯޓު މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ވިދާޅުވީ އަބަދުވެސް އެމްއެމްޕީއާރުސީއާ މަޓީ ގާތް މަސައްކަތުގެ ގުޅުމެއް ބާއްވަމުން އަންނަ ކަމަށާއި މިއަދުގެ މި އެމްއޯޔޫ ސޮއިކުރުމާއެކު އެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މަޓީގެ އެއްބާރުލުމާއި އެކު އެމްއެމްޕީއާރުސީގެ ޑެސްޓިނޭޝަން މާކެޓިންގެ މަސައްކަތްތައް ފުޅާކުރެވޭނެ ކަމަށާއި މިއީ ޑެސްޓިނޭޝަން ބްރޭންޑެއްގެ ގޮތުގައި ކުރާ މަސައްކަތްތައް ވަރުގަދަ ކުރުމަށާއި ޕާފޯމަންސް ޓާގެޓްތައް ހާސިލް ކުރުމަށް މުހިންމު ކަމެއް ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޑެސްޓިނޭޝަން މާކެޓިން ސްޓްރެޓެޖީތަކާއި ކެމްޕޭންތަކާއި އުކުޅުތައް ކޮންސެޕްޗުއަލައިޒްކޮށް އެކުލަވާލުމުގައި އެމްއެމްޕީއާރުސީއަށް އެހީތެރިވެ، އެޑްވައިޒަރީ ރޯލެއް އަދާކުރުމުގައި މަޓީއިން މުހިންމު ދައުރެއް އަދާ ކުރާނެ އެވެ. އަދި މި އެއްބަސްވުމުގެ ދަށުން މާކެޓިން އިނިޝިއޭޓިވްތައް ތައްޔާރު ކުރުމުގައި ޑޭޓާ ޑްރައިވަން އެޕްރޯޗަކަށް ދިޔުމަށް ފަތުރުވެރިކަމާ ގުޅުންހުރި ތަފާސްހިސާބުތައް ހިއްސާ ކުރާނެ އެވެ.
ބީއެމްއެލް އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕޭން ފަށައިފި
ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަނަށް ރާއްޖެ ނޮމިނޭޓްވެއްޖެ
ރާއްޖެ އިޝްތިހާރު ކުރަން ސުޕަ ޔޮޓް ކެމްޕެއިނެއް
އަމާޒަށް ދާން ބާކީ ހަތް ލައްކަ ޓޫރިސްޓުން ބޭނުންވޭ
ޓޫރިޒަމްގެ ނަންބަރު މަތި، އަދިވެސް މަތިކޮށްލަންޖެހޭ!
ރާއްޖޭގެ ޓޫރިޒަމްގެ ބާނީ އެމްޔޫ މަނިކު އަވަހާރަވެއްޖެ
ޓޫރިޒަމް ދާއިރާ އަށް ހާއްސަ ޑޭޓާ ޕްލެޓްފޯމެއް
ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑަރަކަށް ޓޫއޮފްއަސް
"މާލީ ހާލަތު ގޯސްވީ ކުރީ ސަރުކާރުގެ ހަތަރު އަހަރުން"
މާލީ ބުރަބޮޑުވެ އެމްއެމްޕީއާރްސީގެ ކުރިމަގާ މެދު ޝައްކު