ނުވަ ދަރަޖައިގެ ކުރިއެރުމަކާ އެކު، ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ރާއްޖެއިން އަނެއްކާވެސް ދަމަހައްޓައިފި އެވެ.
25 ޖުލައި 2024
ނުވަ ދަރަޖައިގެ ކުރިއެރުމަކާ އެކު، ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ރާއްޖެއިން އަނެއްކާވެސް ދަމަހައްޓައިފި އެވެ.
ދުރާލާ ވިސާ ހޯދުމެއް ނެތި، ފަސޭހަކަމާ އެކު އެތެރެވޭ ޕާސްޕޯޓުތައް ބަލައިގެން ހެންލީ އެންޑް ޕާޓްނާސް އިން ނެރޭ ޕާސްޕޯޓް އިންޑެކްސްގައި ވޭތުވެދިޔަ ތިން އަހަރު ވެސް ރާއްޖެއިން ވަނީ މި ސަރަހައްދުގައި އެންމެ ބާރުގަދަ ޕާސްޕޯޓްގެ މަގާމު ހޯދައިފަ އެވެ.
މިއަހަރު ނެރުނު އިންޑެކްސްގައި ރާއްޖެ އޮތީ މިދިޔަ އަހަރަށް ވުރެ ނުވަ ދަރަޖަ މައްޗަށް ޖެހިފަ އެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ މުޅި ދުނިޔެ އިން 61 ވަނައިގައި ކަމަށް ވިޔަސް، މި އަހަރު ރާއްޖެ އޮތީ 52 ވަނައިގަ އެވެ.
މިއީ ޗައިނާއަށް ވުރެ ވެސް މަތީ ދަރަޖަ އެކެވެ. ޗައިނާ އޮތީ ދުނިޔޭގެ ރޭންކިންގައި 59 ވަނައިގަ އެވެ.
ވިސާ ހޯދުމެއް ނެތި ރާއްޖޭގެ ޕާސްޕޯޓުގައި 94 ގައުމަށް މިހާރު ދަތުރު ކުރެވެ އެވެ.
މި ސަރަހައްދުގެ ދެވަނައިގައި މި އަހަރު ވެސް އޮތީ ދުނިޔޭގެ ރޭންކިންގައި 82 ވަނައިގައި އޮތް އިންޑިއާ އެވެ. ދެވަނައިގައި ބޫޓާން 87 ވަނައިގައި ސްރީލަންކާ އޮތީ 93 ވަނައިގަ އެވެ. ބަންގްލަދޭޝް 97 ވަނައިގައި އޮތްއިރު ނޭޕާާލް އޮތީ 98 ވަނައިގަ އެވެ. އަދި ޕާކިސްތާނު އޮތީ 100 ވަނައިގަ އެވެ.
މީގެ ކުރިން އެއް ވަނައިގައި އޮތް ޖަޕާނު ފަހަތަށް ޖައްސާލައި، މި އަހަރު މުޅި ދުނިޔެއިން އެންމެ ބާރުގަދަ ޕާސްޕޯޓަކަށް ހޮވިފައިވަނީ ސިންގަޕޫރުގެ ޕާސްޕޯޓެވެ. އެ ގައުމުގެ ޕާސްޕޯޓުގައި 195 ގައުމަކަށް ވިސާއާ ނުލާ ދަތުރު ކުރެވެ އެވެ.
ދެކުނު އޭޝިއާގެ އަދިވެސް ބާރުގަދައީ ރާއްޖޭގެ ޕާސްޕޯޓް
އުނގޫފާރުގައި އައިޑީކާޑު ޕްރިންޓްކުރަން ފަށައިފި
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް
ހައުސިންގެ ކުރީގެ ވެރިންގެ ޕާސްޕޯޓް ހިފަހައްޓައިފި
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
ވަގު ޕާސްޕޯޓެއްގައި އައި ތިން މީހަކު ހިފަހައްޓައިފި
އޮޅުވާލައިގެން ރާއްޖެ އައި ބިދޭސީންތަކެއް ހުއްޓުވައިފި
ކޮންމެ އަތޮޅަކުން ޕާސްޕޯޓް ހެއްދޭނެ ގޮތް ހަދަނީ
ޕާސްޕޯޓާއި އައިޑީއަށް މެނުއަލްކޮށް ހުށަހެޅޭގޮތް ހަދަނީ
މަންޑޭގެ ޕާސްޕޯޓް އިމިގްރޭޝަނާ ހަވާލުކުރަންޖެހޭ