Roadha Mihaaru
ތުރުކީ: މަގުމަތީގައި އުޅޭ ކުއްތާތައް ގިނަވެ، ގާނޫނެއް ހަދަނީ

ތުރުކީގެ މަގުމަތީގައި އުޅޭ ކުއްތާތައް ގިނަވެ، ގާނޫނެއް ހަދަނީ!

29 ޖުލައި 2024

ތުރުކީގެ މަގުމަތީގައި އުޅޭ ކުއްތާތައް ގިނަވެ، އެކަން ހައްލު ކުރުމަށް ގާނޫނެއް ފާސްކުރުމަށްޓަކައި، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ބަހުސް ފަށަން ތައްޔާރު ވެއްޖެ އެވެ.

ތުރުކީގެ މަގުމަތީގައި އުޅޭ ކުއްތާތައް ގިނަވެ، އެކަން ހައްލު ކުރުމަށް ގާނޫނެއް ފާސްކުރުމަށްޓަކައި، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ބަހުސް ފަށަން ތައްޔާރު ވެއްޖެ އެވެ.

ތުރުކީގެ ސަރުކާރުން އަންދާޒާކުރާ ގޮތުގައި، މަގުމަތީގައި އުޅޭ ކުއްތާތަކުގެ އަދަދު ހަތަރު މިލިއަނަށް އަރަ އެވެ.

މި މައްސަލަ ހައްލު ކުރަން ހުށަހަޅާފައިވާ ގާނޫނުގައި، ބަލިޖެހިފައިވާ ކުއްތާތައް މަރަން ޖާގަ ލިބެ އެވެ. އެހެންކަމުން، ޖަނަވާރުންގެ ހައްގުގައި ވަކާލާތުކުރާ ޖަމިއްޔާތަކުން މިހާރު ވަނީ އެ ގާނޫނާ ދެކޮޅަށް ތެދުވެފަ އެވެ.

އެ އާ ގާނޫނުގައި، މަގުމައްޗަށް ކުއްތާ ދޫކޮށްލައިފި ނަމަ ކުރާ ޖޫރިމަނާ 30 ގުނަ ބޮޑުކޮށް 1،800 ޑޮލަރަށް ހަދަން ވަނީ ހިމަނައިފަ އެވެ.

ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުގާން ވިދާޅުވީ، މަގުމަތީގައި އުޅޭ ކުއްތާތައް ގިނަވެ، ތަހުޒީބު ގައުމުތަކަށް ކުރިމަތި ނުވާ ފަދަ ބޮޑު މައްސަލައެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ވެސް އުރުދުގާން ވިދާޅުވި އެވެ.