Roadha Mihaaru
ޖޮކޮވިޗް އޮލިމްޕިކްސްގައި ނަޑާލްގެ މައްޗަށް ކުރި ހޯދައިފި

ޖޮކޮވިޗް އޮލިމްޕިކްސްގައި ނަޑާލްގެ މައްޗަށް ކުރި ހޯދައިފި

30 ޖުލައި 2024

ޕެރިސް (ޖުލައި 30) - ފްރާންސްގެ ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް މުބާރާތުގެ ޓެނިސް ފިރިހެން ސިންގަލްސް ބައިގައި، ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޮކޮވިޗް، ވާދަވެރި ރަފައެލް ނަޑާލްގެ މައްޗަށް ކުރި ހޯދައިފި އެވެ.

ޕެރިސް (ޖުލައި 30) - ފްރާންސްގެ ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް މުބާރާތުގެ ޓެނިސް ފިރިހެން ސިންގަލްސް ބައިގައި، ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޮކޮވިޗް، ވާދަވެރި ރަފައެލް ނަޑާލްގެ މައްޗަށް ކުރި ހޯދައިފި އެވެ.

މުބާރާތުގެ ދެ ވަނަ ބުރުގައި ރޭ ކުޅުނު މެޗުން ޖޮކޮވިޗް މޮޅުވީ 6-1 އަދި 6-4 އިން ސީދާ ތިން ސެޓުންނެވެ. ތިން ވަނަ ބުރުގައި ޖޮކޮވިޗް ވާދަ ކުރަން ޖެހެނީ ޖަރުމަންގެ ޑޮމިނިކް ކޮއެފާއާ ދެކޮޅަށެވެ.

މިއީ ޖޮކޮވިޗާއި ފެޑެރާ ވާދަކުރި 60 ވަނަ މެޗެވެ. އޭގެ ތެރެއިން ޖޮކޮވިޗް ވަނީ 31 މެޗު ކާމިޔާބު ކޮށްފަ އެވެ.

ނަޑާލް ވަނީ 2008 ވަނަ އަހަރުގެ ބެއިޖިން އޮލިމްޕިކްސްގައި ސިންގަލްސް އިން ރަން މެޑަލް ހޯދައި، 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި ބޭއްވި އޮލިމްޕިކްސްގައި ޑަބަލްސް އިން ރަން މެޑަލް ހާސިލް ކޮށްފަ އެވެ.

ޖޮކޮވިޗް ވަނީ 2008 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ސިންގަލްސް އިން ބްރޯންޒް މެޑަލް ހޯދައިފަ އެވެ. އެ ފަހަރުގެ ސެމީ ފައިނަލުން ޖޮކޮވިޗް ބަލިވީ ނަޑާލާ ވާދަކޮށެވެ.

މިއީ، ވާދަވެރި މި ދެ ތަރިން ބައްދަލުކުރާނެ އެންމެ ފަހު ވާދަވެރި މެޗަށް ވުން ވެސް ގާތެވެ. އަނިޔާތަކުގެ ސަބަބުން އުމުރުން 38 އަހަރުގެ ނަޑާލްގެ ފޯމު ދަށްވެފައި ވާއިރު، އޭނާ ރިޓަޔާ ކުރުމުގެ ވިސްނުމެއް ގެންގުޅެ އެވެ.

"އަހަރެންނަށް ކޮންމެ ދުވަހަކު އެ ވިސްނުމަކާއިގެން ނޫޅެވޭނެ، މިއަދު މިއީ ފަހު މެޗު ތޯ ނުވަތަ ނޫންތޯ އަހަރެން ކުޅޭނެ. އަހަރެން މިތަނަށް އައިސް، އަހަރެންނަށް ކުޅޭވޭ އެންމެ ރަނގަޅަށް ކުޅެން މަސައްކަތް ކުރަން. ހުއްޓާލަން ގަސްދު ކުރާނަމަ އަހަރެން އަންގާނަން،" މިއީ ކެރިއަރުގެ އެންމެ ފަހު މެޗު ކަމަށް ވިއަސް، ކާމިޔާބީތަކާ މެދު ފަހުރުވެރި ވެގެން ކުޅުން ހުއްޓާލުމުގެ ޝަރަފް ލިބިގަންނާނެ ކަން ހާމަ ކުރަމުން ނަޑާލް ބުންޏެވެ.

"އަހަރެންނަށް އޭނާ އުނދަގޫ ހާލަތަކަށް ވައްޓައި ނުލެވުނު. އެންމެ މަތީ ފަންތީގައި ކުޅެން އަހަރެން މިހުރީ އެންމެ ތައްޔާރީ ހާލަތުގައި ނޫން ކަން އަހަރެން ޖެހޭ ގަބޫލު ކުރަން."

ނަމަވެސް 37 އަހަރުގެ ޖޮކޮވިޗް ހުރީ އަދި ކުޅުން ހުއްޓާލާ ވިސްނުމެއްގައެއް ނޫނެވެ. އޭނާ ވަނީ ރެކޯޑް 24 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފަ އެވެ. މިދިޔަ އަހަރުގެ ހަތަރު ފައިނަލްގައި ވާދަ ކުރި އިރު، ތިން މުބާރާތް ވަނީ ކާމިޔާބު ކޮށްފަ އެވެ.

ނަޑާލް ވަނީ 22 ގްރޭންޑް ސްލޭމް މުބާރާތުގެ ތަށި ހޯދައިފަ އެވެ. އޭގެ ތެރެއިން 14 ތަށި އުފުލާލާފައި ވަނީ، އޮލިމްޕިކްސްގެ މެޗުތައް ކުރިއަށްދާ ރޮލެންޑް ރެރޯސްގެ ކްލޭ ކޯޓުގަ އެވެ.

އޮލިމްޕިކްސްގެ ޑަބަލްސްގައި ނަޑާލް އަންނަނީ ސްޕެއިންގެ ޒުވާން ތަރި ކާލޯސް އަލްކަރާޒް އާއެކު ވާދަ ކުރަމުންނެވެ. ދެ ކުޅުންތެރިން ވަނީ ފުރަތަމަ ބުރުގައި އާޖެންޓީނާގެ މެކްސިމޯ ގޮންޒާލެޒް އާއި އަންޑްރެސް މޮލްޓޭނީއާ ވާދަކޮށް 7-6 (7-4) އަދި 6-4 އިން ކުރި ހޯދައި، ދެ ވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. ދެ ވަނަ ބުރުގައި ވާދަ ކުރަން ޖެހެނީ ނެދަލެންޑްސްގެ ޓެލޮން ގްރީކްސްޕޫރާއި ވެސްލީ ކޫލޮފްއާ ދެކޮޅަށެވެ.