އެމްޓީސީސީއާ ހަވާލު ކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން އަމަލީ މަސައްކަތް ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
30 ޖުލައި 2024
އެމްޓީސީސީއާ ހަވާލު ކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން އަމަލީ މަސައްކަތް ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، މަސައްކަތްތައް ފަށާފައިވާ އެއްވެސް މަޝްރޫއެއް މަޑުޖައްސާލުމަށް ސަރުކާރުން ނިންމާފައި ނުވާނެ ކަމަށެވެ. އެކަމަކު ސޮއިކޮށް، އަމަލީ މަސައްކަތް ފަށާފައި ނުވާ މަޝްރޫއުތައް މި ވަގުތު ނުފަށައި، އަމަލީ މަސައްކަތް ފަށާފައިވާ މަޝްރޫއުތައް ނިންމުމަށް އިސްކަން ދިނުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި އެގޮތަށް ސަރުކާރުން ނިންމީ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ އަދަދަށް ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފައި ނުވާތީ އެވެ.
އެމް.ޓީ.ސީ.ސީ އާ ޙަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން ޢަމަލީ މަސައްކަތް ފެށިފައިވާ އެއްވެސް މަޝްރޫޢެއް މަޑުޖައްސާލަން ސަރުކާރުން ނިންމާފައި ނުވާނެއެވެ. އެހެން ނަމަވެސް ސޮއިކޮށް ޢަމަލީ މަސައްކަތް ނުފެށިވާ މަޝްރޫޢުތައް މިވަގުތައް ނުފަށައި ޢަމަލީ މަސައްކަތް ފެށިފައިވާ…
— Abdulla Muththalib (@muththo) July 30, 2024
މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި މި އަހަރުގެ ބަޖެޓު އެކުލަވާލިއިރު، އޭރުގެ ސަރުކާރުން ހިޔާލު ހޯދި ނަމަވެސް މަޝްރޫއުތަކަށް ބޭނުންވާ އަދަދަށް ފައިސާ ހިމަނާފައި ނެތެވެ. އެހެންވެ، ބައެއް މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދަތިތައް ހުރި ކަމަށް އެ މަނިކުފާނު ވެސް ވިދާޅުވެފައި ވެ އެވެ.
މަގު ހެދުމުގެ މަޝްރޫއުގެ އެލްއޯއީގައި ސޮއިކޮށްފި
ރިޕޯޓު ހުށަނާޅާތީ ތިނަދޫ އެއާޕޯޓު މަޝްރޫއު މަޑުޖެހިއްޖެ
އައްޑޫ ބްރިޖުުގެ މަސައްކަތަށް ލަފާދޭނެ ބަޔަކު ހޯދަނީ
ރަސްފަންނު މަރާމާތުކުރަން މިނިސްޓްރީން ފަށަނީ
ހަންކެޑެ ބްރިޖް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ
އެމްޓީސީސީ ޕްރޮޖެކްޓުތަކުގެ ރިއަލް-ޓައިމް އަޕްޑޭޓް ދެނީ
ގުޅިފަޅުގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކަށް
"ރަސްމީ ފާލަން މަސް ދުވަހުގެ ތެރޭގައި ނިމޭނެ"
ރަސްމީ ފާލަމުގެ ސްޓްރަކްޗާ ފްރޭމް ނިމިއްޖެ
ޕްރޮޖެކްޓުތަކުން އެޑްވާންސް ނަގައިގެން ކުރަނީ ވިޔަފާރި