މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުއަށް ޗައިނާއާ އެކު ލެޓާ އޮފް އެކްސްޗޭންޖް (އެލްއޯއީ) ގައި ރާއްޖެއިން މިއަދު ސޮއިކޮށްފި އެވެ.
23 ޖުލައި 2024
މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުއަށް ޗައިނާއާ އެކު ލެޓާ އޮފް އެކްސްޗޭންޖް (އެލްއޯއީ) ގައި ރާއްޖެއިން މިއަދު ސޮއިކޮށްފި އެވެ.
މި އެލްއޯއީގައި ރާއްޖެއިން ސޮއި ކުރެއްވީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީގެ ދައުވަތަކަށް ހަތަރު ވަޒީރަކު ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ ބެއިޖިންގައި ބޭއްވި ރަސްމިއްޔާތެއްގައި އެލްއޯއީގައި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަނޭޝަނަލް ޑިވޮލޮޕްމެންޓް ކޯޕަރޭޝަންގެ ޗެއާމަން ޒަހޯހުއި ކަމަށެވެ.
މިނިސްޓްރީން ބުނީ އެލްއޯއީގައި ސޮއި ކުރެވުމާއެކު، ފީޒިބިލިޓީ ސްޓަޑީޒްގެ މަސައްކަތް ފެށިގެން ދާނެ ކަމަށާއި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް ލަސްތަކެއް ނުވެ ފެށިގެންދާނެ ކަމަށް ބުނެފައިވެ އެވެ.
މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމަށް ނިންމާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމާއެކު ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން ފޯރުކޮށްދޭން ނިންމާފައިވަނީ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިންނެވެ.
ގުޅިފަޅުގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކަށް
މާލޭ މަގު ހެދުމުގެ ސާވޭއަށް ޗައިނާގެ ޓީމެއް އަތުވެއްޖެ
މަސައްކަތް ފަށާފައިވާ އެއްވެސް މަޝްރޫއެއް ނުހުއްޓާނެ
ރިޕޯޓު ހުށަނާޅާތީ ތިނަދޫ އެއާޕޯޓު މަޝްރޫއު މަޑުޖެހިއްޖެ
އައްޑޫ ބްރިޖުުގެ މަސައްކަތަށް ލަފާދޭނެ ބަޔަކު ހޯދަނީ
ރަސްފަންނު މަރާމާތުކުރަން މިނިސްޓްރީން ފަށަނީ
ހަންކެޑެ ބްރިޖް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ
އަމީނީމަގުގެ ހަލާކުވެފައި ހުރި ތަންތަން ހަދަން ފަށައިފި
މާފަންނުން ފެން ހިންދާ ޕަމްޕް ސްޓޭޝަން ހަލާކުވެއްޖެ
ޗައިނާގެ މަޝްރޫއުތައް އަވަސް ކުރާނެ ކަމުގެ ޔަގީންކަން