ހުޅުމާލެ ފޭސް 2 ގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް ކަމަށް ޕޮލިހުން ބުނެފި އެވެ.
01 އޯގަސްޓް 2024
ހުޅުމާލެ ފޭސް 2 ގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް ކަމަށް ޕޮލިހުން ބުނެފި އެވެ.
ވިނަރެސް ފްލެޓުތަތަކުގެ ކައިރިން ބާރު ސްޕީޑުގައި ދުއްވި ސްޕޯޓްސް ކާރެއް ކޮންޓްރޯލުން ނެއްޓި، މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން އެ މީހާގެ ގައިގައި ޖެހި، ހިނގި އެކްސިޑެންޓްގައި އެ މީހާއަށް ވަނީ އަނިޔާވެފަ އެވެ. އެ ސައިކަލުގައި ކާރުން ޖެހުނުލެއް ބާރުކަމުން އޭނާ ވެއްޓެނީ ވިއްސައިގެން ގޮސް އެނބުރެމުން ގޮހެވެ. ސައިކަލްގެ މަޑިއާ އާއި އެކި ބައިތައް ވެސް މާ ދުރަށް ބުރައިގެން ދިޔަ މަންޒަރު، ސޯޝަލް މީޑިއާގައި އާންމުވި އެ އެކްސިޑެންޓުގެ ސީސީޓީވީ ފުޓޭޖުން ފެނެ އެވެ.
އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިއްޔެ ވަނީ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ. އައިޖީއެމްއެޗުން ރޭ ބުނެފައިވަނީ އޭނަގެ ހާލު ސްޓޭބަލް ކަމަށާއި ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ނަމަވެސް އެ މައްސަލާގައި ހައްޔަރުކުރި ދެ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމަށްފަހު، ކޯޓުގައި ފުލުހުން ބުނެފައިވަނީ އަނިޔާ ލިބުނު މީހާގެ ކަނދުރާ އާއި މައިބަދައިގައި ރެނދުލުމުގެ އިތުރުން، ބޯ ފަޅައިގެން ގޮސްފައިވާތީ އޭނަގެ ހާލު ސީރިއަސް ކަމަށެވެ.
އެ އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރީ ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހުމާނާއި މ. ލޭންޑްއޮފްގާޑަން އިބްރާހިމް އިކްރާމް އަދި ގއ. ކަނޑުހުޅުދޫ އާޒާދުގޭ ޖިނާހް އިސްމާއިލެވެ. އެއީ އެކްސިޑެންޓްވިއިރު، ކާރުގައި ތިބި މީހުންނެވެ.
އޭގެ ތެރެއިން އިކްރާމުއްރަހްމާނާއި އިބްރާހިމް އިކްރާމްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ޖިނާހް ގެންދިޔައީ ހުޅުމާލެ ކޯޓަށެވެ. އެ ކޯޓުން ނިންމީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށެވެ.
އެކްސިޑެންޓުގައި އަނިޔާވި މީހާ ވެންޓިލޭޓަރުގައި
އައްޑޫ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރުގައި
ގައިމަތިން ސައިކަލު ދިޔަ މައްސަލަ ޕީޖީއަށް ފޮނުވަނީ
ޕޮލިސް ކާރު އެކްސިޑެންޓު: މަންޒަރު ދުށް ބަޔަކު ހޯދަނީ
"ސައިކަލު ދުއްވީ ލައިސަންސް ހިފަހައްޓާފައިވާ މީހެއް"
އެކްސިޑެންޓުވި މީހާގެ ފައިބިނދި، ސީރިއަސް އަނިޔާތަކެއް
ސްޕޯޓްސް ކާރުން ޖެހި މީހަކު މަރުވި މައްސަލަ ޕީޖީއަށް
އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ
ބައުޒަރެއްގައި ސައިކަލަކުން ޖެހި ޒުވާނަކަށް އަނިޔާވެއްޖެ
ސްޕޯޓްސް ކާރު އެކްސިޑެންޓް: ދައުވާކުރަން ފޮނުވައިފި