Roadha Mihaaru

އެކްސިޑެންޓްގައި އަލްސަން ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ރޭ މާލޭގައި ހިނގި އެކްސިޑެންޓުގައި 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދު ނިޔާވުމުން އެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އަލްސަން ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

14 ޖުލައި 2025

ރޭ މާލޭގައި ހިނގި އެކްސިޑެންޓުގައި 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދު ނިޔާވުމުން އެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ރޭ ހިނގި އެ އެކްސިޑެންޓުގައި ނިޔާވީ ސައިކަލު ދުއްވަން އިން 17 އަހަރުގެ އަލްސަންއަކީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމަ އެކަނި ދަރިފުޅެވެ.

އެ އެކްސިޑެންޓްގައި އަނިޔާވުމުން މިހާރު ފަރުވާ ދެމުންދނަީ މަގު ހުރަސްކުރަން އުޅުނު 40 އަހަރުގެ މީހާއަށާއި ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ކުއްޖާއަށެވެ.

ރޭ އެކްސިޑެންޓުގައި ނިޔާވި ޔޫސުފް އަލްސަން މުހައްމަދު؛ އޭނާ އަކީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމަ އެކަނި ދަރިފުޅު--

ރޭ އެކްސިޑެންޓުގައި ނިޔާވި ޔޫސުފް އަލްސަން މުހައްމަދު؛ އޭނާ އަކީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމަ އެކަނި ދަރިފުޅު--

ރައީސް މުއިއްޒު މިއަދު "އެކްސްގައި" ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ހަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ.

ނިޔާވި ކުއްޖާގެ އާއިލާއަށް ރައީސް ވަނީ ތައުޒިޔާ ވިދާޅުވެފައި އެވެ.

އެމަނިކުފާނު ވަނީ އެކްސިޑެންޓުގައި އަނިޔާވެ، ފަރުވާ ހޯދަމުންދާ 16 އަހަރުގެ ކުއްޖާ އާއި 40 އަހަރުގެ މީހާއަށް އަވަސް ޝިފާއަށް އެދިވަޑައިގެންފަ އެވެ.

ރޭގެ އެކްސިޑެންޓުގައި ޕިކަޕުގައި ޖެހުނު ސައިކަލް ބިންމަތީގައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ރޭގެ އެކްސިޑެންޓުގައި ޕިކަޕުގައި ޖެހުނު ސައިކަލް ބިންމަތީގައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު

އެކްސިޑެންޓުގައި ޒަހަމްވި މީހާ އަށް ފަރުވާދެނީ ވެންޓިލޭޓަރުގަ އެވެ. އަދި 16 އަހަރު ކުއްޖާ މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފަ އެވެ.

ނިޔާވި އަލްސަންގެ ޖަނާޒާ ބާއްވަން ނިންމާފައި ވަނީ އާސަހަރާގައި މިއަދު އަސްރު ނަމާދަށްފަހު އެވެ.