ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު މުސްތަފާ ނަޖުމުއާ ރާއްޖެ ވަޑައިގެން ހުކުރު ނަމާދަށް ފަހު ހުތުބާ ދެއްވުމަށް ދައުވަތު ދެއްވައިފި އެވެ.
05 އޯގަސްޓް 2024
ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު މުސްތަފާ ނަޖުމުއާ ރާއްޖެ ވަޑައިގެން ހުކުރު ނަމާދަށް ފަހު ހުތުބާ ދެއްވުމަށް ދައުވަތު ދެއްވައިފި އެވެ.
ސައުދި އަރަބިއްޔާގައި މިހާރު ކުރިއަށްދާ އިސްލާމީ ދުނިޔޭގެ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރުންގެ ކޮންފަރެންސްގެ ހަވާސާގެ ތެރެއިން، ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވަނީ ފަލަސްތީނުގެ އައުގާފު އަދި ދީނީ ކަންތައްތަކާ ބެހޭ މިނިސްޓަރު މުސްތަފާއާ ބައްދަލުކުރައްވައިފަ އެވެ.
ރާއްޖެ ވަޑައިގެން އިސްލާމީ މަރުކަޒުގައި ހުތުބާ ދެއްވުމުގެ ދައުވަތު ދެއްވީ އެ ބައްދަލުވުމުގަ އެވެ.
"އިންޝާﷲ، އެ މަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ." ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ އިސްލާމީ ދުނިޔޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުންގެ ނުވަ ވަނަ ޖަލްސާގެ ފަސް ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓަވައިފަ އެވެ.
މުސްތަފާ ވަނީ ޣައްޒާގައި ހިންގާ އަލްއަޒްހަރު ޔުނިވާސިޓީގެ ޝަރީއާ އަދި ލޯ ފެކަލްޓީގެ ޑީންކަން ކުރައްވައިފަ އެވެ. އޭގެ އިތުރުން ފަލަސްތީނުގެ ޑެޕިއުޓީ މުފްތީކަން ކުރެއްވި މުސްތަފާއަކީ އަލްމުހައްރަގާ ނަމަކަށް ކިޔާ އަވަށަށް ނިސްބަތްވެވަޑައިގަންނަވާ ރެފިއުޖީއެކެވެ.
"ސަފީރުންނަށް ދަތި ކުރުމަކީ ނަސްރު ދިނުމެއް ނޫން"
ސައުދީން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ދީފި
ދިވެހި ހައްޖުވެރިންގެ ދަތުރުތައް ގައުމީ އެއާލައިނުން
"މައިންޑްފުލް ރަމަޟާން" ބަހުސަކަށް: ލިޔަންވީ ކީކޭ؟
މިސްކިތްތަކުގައި ފަންޑް ފޮށި ބެހެއްޓުމާ ގުޅޭ ގަވާއިދެއް
ޒަކާތު ހައުސްގެ ނަމުގައި 10 ބުރީގެ އިމާރާތެއް އަޅަނީ
މިސްކިތަށް ގެނައި މުދަލުން ޑިއުޓީއެއް ނުކަނޑާ: ޝަހީމް
މިސްކިތެއްގައި ކުޅިވަރު ކުޅުނު މައްސަލައެއް ބަލަނީ
ކުންފުނިތައް ހާމަކުރާނީ ޖޫރިމަނާ ނުދައްކައިފި ނަމަ
އުމްރާގެ އުސޫލާ ޚިލާފުވި 19 ކުންފުނި ޖޫރިމަނާކުރަނީ