Roadha Mihaaru
ސިޓީ ކައުންސިލްގެ އާ މެމްބަރުން ހުވާ ކުރައްވައިފި

މާލޭ ސިޓީ ކައުންސިލަށް އަލަށް ހޮވުނު މެމްބަރުން ހުވާ ކުރައްވައިފި

07 އޯގަސްޓް 2024

މާލޭ ސިޓީ ކައުންސިލުގެ ހުސްވެފައިވާ ތިން ގޮނޑިއަށް އިންތިހާބުވި ކައުންސިލަރުން މިއަދު މަގާމުގެ ހުވާ ކުރައްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭ ސިޓީ ކައުންސިލުގެ ހުސްވެފައިވާ ތިން ގޮނޑިއަށް އިންތިހާބުވި ކައުންސިލަރުން މިއަދު މަގާމުގެ ހުވާ ކުރައްވައިފި އެވެ.

މިދިޔަ މަހުގެ 20 ގައި ބޭއްވި ބައި އިލެކްޝަންގައި މައްޗަންގޮޅި މެދު ދާއިރާއަށް ފާތުމަތު އިޝާނާއި ހެންވޭރު ހުޅަނގު ދާއިރާއަށް ޝައުފާ ސަލީމާއި ހުޅުމާލޭ ދާއިރާއަށް އަލީ އައިމަން އިންތިހާބުވިއިރު މި ތިން މެމްބަރުންނަކީ ވެސް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވި ބޭފުޅުންނެވެ.

އެ ބައި އިލެކްޝަން ބޭއްވީ އެ ދާއިރާތަކުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެ، ސިޓީ ކައުންސިލްގެ ގޮނޑި ހުސްވުމުންނެވެ.

މީރުމާ މާލަމުގައި އެ މެމްބަރުން ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ހުވާ ލައިދެއްވީ ޑްރަގް ކޯޯޓުގެ ގާޒީ މުހައްމަދު ސަމީރެވެ.

އެ ރަސްމިއްޔާތުގައި މޭޔަރު އަލީ އާޒިމް ވިދާޅުވީ ރާއްޖެއަށް ތައާރަފުކުރި މަލްޓި ޕާޓީ ޑިމޮކްރަސީން ފެންނަ އެންމެ އުފާވާ މަންޒަރަކީ ރައްޔިތުންގެ ކަންކަން ނިންމުމުގެ ބާރު ރައްޔިތުންނަށް އޮތުން ކަމަށެވެ. އެހެންވެ، ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމުގައި ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް، ނަތީޖާ ނެރުމަށް މަސައްކަތް ކުރުމަށް އާޒިމް ވަނީ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މާލޭ ސިޓީ ކައުންސިލުގެ ތިން މެމްބަރަކު މަގާމުގެ ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މާލޭ ސިޓީ ކައުންސިލުގެ ތިން މެމްބަރަކު މަގާމުގެ ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"މެމްބަރުންގެ އިހުލާސްތެރިކަން ދެމެހެއްޓުމަށް ގަދައަޅައި ހިތްވަރާ އެކު މަސައްކަތްކުރަންޖެހޭ. އެހެންކަމުން ރައްޔިތުންގެ އުއްމީދުތަކުގައި ހަގީގީ ކުލަ ޖެއްސުމަށް މަސައްކަތްކުރުމަށް އަޅުގަނޑު އިހުލާސްތެރިކަމާ އެކު އެދެން." އާޒިމް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ސިޓީ، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ ކައުންސިލުތަކާއި އެހެން އިދާރާތަކާ ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ސަރުކާރުން ގާއިމް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި 25 އަހަރުގެ މުއްދަތަކަށް ކައުންސިލުތަކަށް ފަޅު ރަށެއް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

އާދަމް ޝަރީފު ވިދާޅުވި ގޮތުގައި މިހާތަނަށް އައިއިރު ރ. އިނގުރައިދޫ، ދ. ކުޑަހުވަދޫ އަދި މ. އަތޮޅު ކައުންސިލާއި ލ. މާވަށް ކައުންސިލުން ވަނީ ފަޅު ރަށް ހޯދުމަށް ޕްރޮޕޯސަލް ހުށަހަޅައިފަ އެވެ.

މާލޭ ސިޓީ ކަައުންސިލުގެ ތިން މެމްބަރަކު މަގާމުގެ ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިޓީ، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު ވާހަކަ ދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކައުންސިލުތަކުގެ މާލީ ބާރުވެރިކަން އިތުރުކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއްދޭ ކަމަށާއި ސަބަބަކީ ކުދިކުދި ކަންކަމުގައި ސަރުކާރުގައި އެދެން ޖެހޭ ޖެހުން ހުއްޓުމަކަށް ގެނައުން ކަމަށް އޭނާ ވިދާޅުވި އެވެ.