Roadha Mihaaru
ފުރަން އެއާޕޯޓަށް ދިޔަ މީހަކު ޑްރަގާއެކު ހައްޔަރުކޮށްފި

ފުރަން އެއާޕޯޓަށް ދިޔަ މީހެއްގެ އަތުން ޑްރަގް ފެނުމުން ހައްޔަރުކޮށްފި

08 އޯގަސްޓް 2024

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލަށް ފުރަން ގޮސް ހުރި މީހެއްގެ އަތުން މަސްތުވާތަކެތި ފެނުމުން، އޭނާ ހައްޔަރުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލަށް ފުރަން ގޮސް ހުރި މީހެއްގެ އަތުން މަސްތުވާތަކެތި ފެނުމުން، އޭނާ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އޭނާ ބަލާފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދެ ރަބަރު ޕެކެޓް ފެނިފައިވެ އެވެ. އޭގެ ބަރުދަނުގައި 209 ގްރާމު ހުރި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ޑްރަގު އެންފޯސްމަންޓުން އެ މައްސަލަ އަންނަނީ ތަހުގީގުކުރަމުންނެވެ.