ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވަން މިއަދު އެ އިދާރާ އަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
11 އޯގަސްޓް 2024
ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވަން މިއަދު އެ އިދާރާ އަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ރައީސްގެ އެދިވަޑައިގަތުމަކަށް މާލޭ ސިޓީ ކައުންސިލާ ބައްދަލުކުރެއްވުމަށްޓަކައި އެމަނިކުފާނު މިއަދު ހެނދުނު 11:00 ގައި އެ ކައުންސިލްގެ އިދާރާ އަށް ޒިޔާރަތް ކުރައްވާ ގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
"މިއީ ރާއްޖޭގެ އެހެން ކައުންސިލްތަކާ ވެސް ބައްދަލުކުރައްވައި، އެ ކައުންސިލްތަކުގެ އަޑުއައްސަވާ ފަދައިން މާލޭ ސިޓީ ކައުންސިލްގެ އަޑު އެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ޒިޔާރަތެއް،" ރައީސް އޮފީހުން ބުންޏެވެ.
އެންމެ ފަހުން މާލޭގެ މޭޔަރުކަމުގައި ހުންނެވީ މިހާރުގެ ރައީސް މުއިއްޒެވެ. އޭރު ވެސް އަދި މިހާރު ވެސް މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު އޮތީ ޕީޕީއެމް ނުވަތަ ޕީއެންސީއަށެވެ. އެންމެ ފަހުން ބޭއްވި ބައި އިލެކްޝަންގައި ތިން ގޮނޑި ވެސް ލިބުނީ މިހާރު ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށެވެ. އެކަމަކު، މޭޔަރުގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ ސްލޮޓްގައި ވާދަކުރެއްވި މިހާރުގެ މޭޔަރު އާދަމް އާޒިމެވެ.
އެ ކާމިޔާބީ އަށް ފަހު އާޒިމް ވިދާޅުވެފައި ވަނީ ސަރުކާރާ ގުޅިގެން މާލޭގެ ކުރިއެރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރައީސް ވަނީ މި އަހަރު ކުރީކޮޅުގައި ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ވަޑައިގެން ހުރިހާ ރަށެއްގެ ކައުންސިލްތަކާ ވަކިވަކިން ބައްދަލުކުރައްވައި، ކައުންސިލްތަކުގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައިފަ އެވެ. އެ މަނިކުފާނުގެ ވެރިކަމުގެ މި ފަސް އަހަރުގެ ތެރޭގައި ހުރިހާ ކައުންސިލަކާ މަދުވެގެން ދެ ފަހަރު ބައްދަލުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުންގެ ބައިވެރިވުން ކުޑަނުވާނެ: ރައީސް
"3،000ގެ އާބާދީއަކަށް ތިން ކައުންސިލަރުން ފުދޭ"
ސަލްޓަން ޕާކު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަނީ
"މަރާމާތުގެ މަސައްކަތް ފަށަން ދަނީ ތައްޔާރުވަމުން"
ރަސްފަންނުގެ ހާލަތު ފެނިފައި ހިތާމަކުރަން: ރައީސް
33 ގޮނޑި ލިބުމަކީ ބޮޑު ކާމިޔާބީއެއް: ރައީސް
އެސްޓޯނިއާ ދަތުރަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރި
ނޭޝަނަލް ސާވިސް ޕްރޮގްރާމު ފަށަން ތައްޔާރުވަނީ
ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ނިންމައިފި
ތަރައްގީގައި ހުރިހާ ރައްޔިތުން ހަމަހަމަ: ރައީސް