ބޭންކްތަކާއި މާލީ އިދާރާތަކުގެ ބޯޑުތަކަށް ސިޔާސީ ބޭފުޅުން އައްޔަން ކުރެވޭ ގޮތަށް ބޭންކްތަކާއި މާލީ އިދާރާތަކުގެ ކޯޕަރޭޓް ގަވަނެނެސް ގަވާއިދު އިސްލާހުކޮށްފި އެވެ.
11 އޯގަސްޓް 2024
ބޭންކްތަކާއި މާލީ އިދާރާތަކުގެ ބޯޑުތަކަށް ސިޔާސީ ބޭފުޅުން އައްޔަން ކުރެވޭ ގޮތަށް ބޭންކްތަކާއި މާލީ އިދާރާތަކުގެ ކޯޕަރޭޓް ގަވަނެނެސް ގަވާއިދު އިސްލާހުކޮށްފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމު ކުރި އިސްލާހުގައިވާ ގޮތުން ކެބިނެޓް މިނިސްޓަރުންނާއި ގާނޫނެއްގެ ދަށުން އުފައްދާފައިވާ ދައުލަތުގެ އިދާރާއެއްގެ އެންމެ އިސް މަގާމުތަކުގައި ތިބޭ މީހުންނާއި ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިބޭ މީހުންނަށް ފިޔަވައި އެހެން ފަރާތްތަކަށް ބޯޑުތަކުގައި ތިއްބެވޭނެ ކަމަށެވެ.
ކުރިން ގަވާއިދު އޮންނަ ގޮތުން، ރައީސް އައްޔަން ކުރައްވާ ސިޔާސީ މަގާމުތަކުގައި ތިބޭ ބޭފުޅުންނަށް މާލީ އިދާރާއެއްގެ ބޯޑެއްގައި ނުތިބެވޭނެ އެވެ. އަލަށް ގެނައި އިސްލާހާއި އެކު ސްޓޭޓް މިނިސްޓަރުންނާއި އެ ނޫން ވެސް ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް މާލީ އިދާރާތަކުގެ ބޯޑު މެމްބަރުކަން ކުރެއްވޭނެ އެވެ.
އެނގިފައިވާ ގޮތުގައި އެމްއެމްއޭ އިން މި ބަދަލު ގެނެސްފައިވަނީ ޕްރައިވެޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ލަފާގެ މަތިންނެވެ.
މާލީ ދާއިރާ ފުޅާކޮށް އެމްއެމްއޭ ޒަމާނީ ކުރުމާ ދިމާލަށް
"ބޭރު ފައިސާ ނުހިފެހެއްޓެނީ ބޭންކިން ދާއިރާ ކުޑަވީމަ"
އިސްލާމިކް ފައިނޭންސިންއާ ގުޅޭ ފަސް މިލިއަންގެ ފަންޑެއް
ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރުން ލާޒިމްވެއްޖެ
އެމްއެމްއޭގެ ފުރަތަމަ ރިސާޗް ކޮންފަރެންސް ފަށައިފި
ޑޮލަރު މާރުކުރުމުގެ ބަދަލުން އާންމުންނަށް ފައިދާކުރާނެ
ޑޮލަރު މާރުކުރުމަށް އެއްވެސް ލުޔެއް ނުދެން: ގަވަރުނަރު
ފައިސާ ބޭނުންކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
"ފައިނޭންސިން ނުލިބިއްޖެނަމަ ރިޒާވަށް އަސަރުކުރާނެ"
އެމްއެމްއޭއިން ހިދުމަތް ދޭ ދުވަސްތައް އިތުރުކޮށްފި