Roadha Mihaaru
ރައީސަށް ލަފާ ދޭން ޒުވާން 15 މެމްބަރުންގެ ކޮމިޓީއެއް

ރައީސަށް ލަފާ ދޭން ޒުވާނުންގެ ކޮމިޓީއެއް އުފައްދަވައިފި

12 އޯގަސްޓް 2024

އެކި ދާއިރާތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެރުވުމަށް 15 މެމްބަރުން ހިމެނޭހެން "ދިވެހި ޒުވާނުންގެ ލަފާދޭ ކޮމެޓީ" އެއް މިއަދު އިފުތިތާހު ކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އެކި ދާއިރާތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެރުވުމަށް 15 މެމްބަރުން ހިމެނޭހެން "ދިވެހި ޒުވާނުންގެ ލަފާދޭ ކޮމެޓީ" އެއް މިއަދު އިފުތިތާހު ކޮށްފި އެވެ.

ޒުވާނުންގެ ކޮމިޓީއެއް އުފެއްދެވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ޒުވާނުންގެ ދުވަހާ ގުޅިގެން، ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވަނީ އެ ކޮމިޓީ އުފައްދައި، މެމްބަރުންނަށް ލިޔުން ހަވާލު ކޮށްދެއްވައިފަ އެވެ.

އެ ކޮމިޓީއަށް ރައީސް އައްޔަން ކުރައްވާ ދެ މެމްބަރުންގެ ތެރެއިން ދިވެހި ޒުވާނުންގެ ލަފާދޭ ކޮމެޓީގެ ރައީސަކަށް ހަމަޖައްސަވާފައި ވަނީ ދާއޫދު އަހުމަދާއި ނަޒާހާ ނަޒީމް އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލަފާދޭން މިއަދު އިފްތިތާހުކުރި ޒުވާނުންގެ ކޮމެޓީގެ މެމްބަރަކަށް ރައީސް ލިޔުން ހަވާލުކޮށްދެއްވަނީ. -- ފޮޓޯ | ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލަފާދޭން މިއަދު އިފްތިތާހުކުރި ޒުވާނުންގެ ކޮމެޓީގެ މެމްބަރަކަށް ރައީސް ލިޔުން ހަވާލުކޮށްދެއްވަނީ. -- ފޮޓޯ | ރައީސް އޮފީސް

ކޮމިޓީގައި ހިމެނޭ މެމްބަރުން:

- ގައުމީ ލެވެލްގެ އެތުލީޓުންގެ ދާއިރާ: އަބްދުﷲ ސިއާއު

- ގައުމީ ލެވެލްގެ އެތްލީޓުންގެ ދާއިރާ: ރަބާބް އިބްރާހިމް އަދި އަބްދުﷲ ސިޔާއު

- ފަންނިއްޔަތާއި ފަންނުވެރިކަމުގެ ދާއިރާ: އައިޝަތު އަޝްނާ އަދި އަހުމަދު އަމްރު

- ޒުވާނުން ބާރުވެރިކުރުވާ އެންޖީއޯގެ ދާއިރާ: ފާތިމަތު ރާޔާ ޝަރީފް އަދި ނިމާލް ހަމީދު

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލަފާދިނުމަށް މިއަދު އިފްތިތާހުކުރި ޒުވާނުންގެ ކޮމެޓީގެ މެމްބަރުން. -- ފޮޓޯ | ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލަފާދިނުމަށް މިއަދު އިފްތިތާހުކުރި ޒުވާނުންގެ ކޮމެޓީގެ މެމްބަރުން. -- ފޮޓޯ | ރައީސް އޮފީސް

ޔޫތު މިނިސްޓްރީން ކަނޑައަޅާ 4 ދާއިރާގެ މެމްބަރުން:

- އަބްދުﷲ މާހިލް ޝަހީމް

- މީސަމް އިބްރާހިމް

- މުހައްމަދު ރައްޔާން މާހިދު

- ހުވައިނާ މުހައްމަދު ނިހާދު

ޔުނިވާސިޓީގެ ސްޓޫޑެންޓް ޔުނިއަންގެ ތެރެއިން 3 މެމްބަރުން:

- ޖައިޝް އަލީ ވަހީދު

- ހުސެއިން އަރުބާން ފައްވާޒް

- ދަލޫފް އަހުމަދު

އެ ރަސްމިއްޔާތަށް ފަހު ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ގައުމުގެ އާބާދީގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ ޒުވާނުން ކަމަށެވެ. އެ ކޮމެޓީ އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ގައުމުގެ ކަންކަން ނިންމުމުގައި ޒުވާނުންގެ ބަސް އިއްވައި ރައީސަށް ލަފާދިނުމަށް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލަފާދޭން އުފެއްދި ޒުވާނުންގެ ކޮމެޓީ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް އާއި ނައިބު ރައީސް ހުސެން މުހައްމަދު ލަތީފް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

"އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން މިދަނީ، މިކަހަލަ މަސައްކަތެއް ފެށިގެން ދިއުމުން. އެއީ ރާއްޖޭގެ ޒުވާނުންގެ ފަރާތުން، ޒުވާނުންނަށްޓަކައި ކަމެއް ކޮށްދިނުން. އެއްވެސް ކަމެއްގައި ލިމިޓެއް، ބަސް ނުބުނެވޭނެ ކަމެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު އެދިގެން ކަންކަން ކުރުމަށް ވުރެ ބޮޑަށް، ތިބޭފުޅުން [މެމްބަރުން] ކަންކަމުގައި ބޭނުންވާ ގޮތް ވިދާޅުވުމުގެ ފުރުސަތު މި އޮތީ ފަހިވެފައި."

ދައުލަތުގެ ހުރިހާ ކަމެއްގައި އަދި ރާއްޖޭގެ އިމުގެ ތެރޭގައި ހިނގާ ކޮންމެ ކަމެއްގައި ވެސް އެ ކޮމެޓީގެ މެމްބަރުންނަށް ލަފާ ދެއްވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.