ހޮލީވުޑްގެ އެކްޓަރު ޖޯޖް ކްލޫނީއަށް ރައްދުވާ ގޮތަށް ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކުއެންޓިން ޓެރެންޓީނޯ ދެއްކި ވާހަކަތަކެއްގެ މައްސަލާގައި ކްލޫނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ އެވެ.
ހޮލީވުޑްގެ އެކްޓަރު ޖޯޖް ކްލޫނީއަށް ރައްދުވާ ގޮތަށް ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކުއެންޓިން ޓެރެންޓީނޯ ދެއްކި ވާހަކަތަކެއްގެ މައްސަލާގައި ކްލޫނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ޓެރެންޓީނޯ މިފަހުން ނޫހަކަށް ދިން އިންޓަވިއުއެއްގައި ވަނީ ކްލޫނީ އަކީ ފިލްމީ ތަރިއެއް ނޫން ކަމަށް ބުނެފަ އެވެ.
ކްލޫނީ އިންޓަނޭޝަނަލް މެގަޒިންއެއް ކަމަށްވާ "ޖީކިއު" އަށް މިފަހުން ދިން އިންޓަވިއުއެއްގައި ވަނީ ޓެރެންޓީނޯގެ ވާހަކަތަކާ ގުޅިގެން އޭނާގެ ނުރުހުމާއި ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
"ޓެރެންޓީނޯ އަހަންނާ ބެހޭ ގޮތުން ވަރަށް ކަޑަ ވާހަކައެއް މިފަހުން ދެއްކި. އެހެންވެ އަހަރެން މި ހުރީ ކުޑަކޮށް ރުޅިއައިސްފައި،" ކްލޫނީ ބުންޏެވެ.
"އިންޓަވިއުއެއްގައި އޭނާ ގާތުގައި އަހާފައި ވަނީ ފިލްމީ ތަރިއެއްގެ ނަން ކީމަ އެ މީހަކާ ބެހޭ ގޮތުން އެއްޗެއް ބުނަން. އެހެން އެކި ތަރިންގެ ނަން ކިޔަމުން ގޮސް އަހަރެންގެ ނަން ކީމަ އޭނާ ބުނީ އަހަންނަކީ ފިލްމީ ތަރިއެއް ނޫން ކަމަށް."
ޓެރެންޓީނޯ ވަނީ 2000 ވަނަ އަހަރުގެ ފަހުން ކްލޫނީ އަށް ރަނގަޅު ފިލްމެއް ވެސް ނުކުޅެވޭ ކަމަށް ބުނެފަ އެވެ. އެކަމާ ވެސް ވަރަށް ބޮޑަށް ކްލޫނީ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ކްލޫނީ ވަނީ ޓެރެންޓީނޯގެ ފިލްމެއްގައި އެއް ފަހަރު މަސައްކަތް ކޮށްފަ އެވެ. އެއީ 1996 ވަނަ އަހަރު ގެނެސްދިން "ފްރޮމް ޑަސްކް ޓިލް ޑޯން"ގަ އެވެ.
ކްލޫނީގެ ފިލްމީ ކެރިއަރުގައި އޭނާ އަށް ވަނީ ދެ ފަހަރެއްގެ މަތިން އޮސްކާ އެވޯޑު ލިބިފަ އެވެ. އެއީ 2005 ގައި ނުކުތް "ސީރިއާނާ"ގައި ކުޅުނު ރޯލަށް ލިބުނު ބެސްޓް ސަޕޯޓިން އެކްޓަރުގެ އެވޯޑާއި 2012 ގައި ނުކުތް ސައިންސް ފިކްޝަން ފިލްމު "އާގޯ" ޕްރޮޑިއުސްކޮށްގެން ލިބުނު އެވޯޑެވެ.
"ޑެތު ޕްރޫފް" އަކީ އެންމެ ފީކަޅާ ފިލްމު: ޓަރަންޓީނޯ
"ކިލް ބިލް" ގެ ހިންދީ ރިމޭކަށް ކްރިތީ؟
"ޓިކެޓް ޓު ޕެރަޑައިސް" ގައި ކްލޫނީ އާއި ޖޫލިއާ
އިޒުރޭލު ސިފައިންނާ ދެކޮޅު ޑޮކިއުމެންޓްރީއަކަށް އޮސްކާ
ހެރިސަން ފޯޑް ފިލްމު ކުޅުން ހުއްޓާލައި ރިޓަޔާކުރަނީ
"ފެންޓާސްޓިކް ފޯ"ގެ ފުރަތަމަ ފެނިލުން
އޮސްކާ ނޮމިނޭޝަންގެ ކުރީގައި ނެޓްފްލިކްސްގެ ފިލްމުތައް
ނެޓްފްލިކްސްގެ ފީތައް އަނެއްކާވެސް ބޮޑުކުރަނީ
ބްލޭކަށް އަބުރުގެ ދައުވާކޮށް ބަދަލު ހޯދަން އެދެފި
އޮސްކާގެ ނޮމިނޭޝަންތަައް އިއުލާންކުރުން ފަސްކޮށްފި