ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އީރާނާއި ފްރާންސްގެ ޕެރިހަށް ކުރެއްވި ދަތުރުފުޅަށް ހަރަދުވީ 1.8 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
14 އޯގަސްޓް 2024
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އީރާނާއި ފްރާންސްގެ ޕެރިހަށް ކުރެއްވި ދަތުރުފުޅަށް ހަރަދުވީ 1.8 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ސަރުކާރުގެ އިސްވެރިން ކުރައްވާ ދަތުރުތަކުގެ ހަރަދާއި ހާސިލް ވާ ކަންކަމުގެ ތަފްސީލްތައް އިސްވެ ރައީސް އޮފީހުން އަންނަނީ އާންމު ކުރަމުންނެވެ.
ރައީސް އޮފީހުން ބުނީ މިދިޔަ މަހު 24 އިން 29 އަށް ނައިބު ރައީސް އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ލިބިވަޑައިގަތް ދައުވަތު ގަބޫލު ކުރައްވައި ފްރާންސްގެ ވެރިރަށް ޕްރިހަށް ކުރެއްވި ދަތުރުފުޅަށް 1.3 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.
އެ ދައުވަތު ނައިބު ރައީސް ގަބޫލު ކުރައްވަން ނިންމެވީ، ރައީސް އޮފީހުން ބުނި ގޮތުގައި، ރާއްޖޭގެ އެތުލީޓަކު ފުރަތަމަ ފަހަރަށް ކޮލިފައިވެގެން އޮލިމްޕިކްސްގައި ބައިވެރިވެފައިވާ ފަހަރު ކަމަށްވާތީ އެވެ. އެ މުބާރާތް ފެށުމުގެ ރަސްމިއްޔާތަށް ފަހު އެތުލީޓުންނާ ނައިބު ރައީސް ބައްދަލު ކުރައްވައި ހިތްވަރު ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އޭގެ އިތުރުން ކުޅިވަރު ތަރައްގީ ކުރުމަށް އެ ފަރާތްތަކުގެ ހިޔާލު ހޯދުމުގެ އިތުރުން ފްރާންސްގައި ތިބި ދިވެހިންނާއި ކިޔަވާ ކުދިންނާ އެމަނިކުފާނު ބައްދަލު ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ނައިބު ރައީސް ވަނީ އިރާންގެ އާ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެ ގައުމަށް ވަޑައިގެންފަ އެވެ.
އެ ދަތުރުފުޅު ތެރޭގައި އެ ގައުމުގެ އިސްވެރިންނާ ބައްދަލު ކުރައްވައި ފަލަސްތީނުގެ މައްސަލާގައި މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ދަތުރުފުޅަށް 464،617ރ. ހަރަދުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އަހަރުތަކަކަށް ފަހު ރާއްޖޭގެ ނައިބު ރައީސަކު އީރާނަށް
އޮލިމްޕިކްސްގެ ރަސްމިއްޔާތަށް ނައިބު ރައީސް ޕެރިހަށް
ނައިބު ރައީސް މޮންޓަނޭގްރޯ ދަތުރަށް 6 ލައްކަ ރުފިޔާ
ނައިބު ރައީސްގެ ފުރަތަމަ ދަތުރުފުޅަށް ތިން މިލިއަން!
ނައިބް ރައީސް މި އަހަރު ވެސް ވެޓްރަންސްގައި ކުޅުއްވާ
ފަރުވާ ދިނުމުގެ ކަންކަމަށް ގައިޑްލައިނެއް ހަދަނީ
ލިބެންހުރި ބޭސްތައް ޑޮކްޓަރުންނަށް ފެންނާނެ ނިޒާމެއް ހަދަނީ
ރޯދަމަހު ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 9-1އަށް
ހިދުމަތްތެރިންގެ އެވޯޑަށް ހުޅުވާލައިފި
ދެ ގައުމެއްގެ އާ ސަފީރުންގެ ފަތްކޮޅު އަރުވައިފި