28 ޑިސެމްބަރ 2023
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ޗައިނާ އާއި ޖެނީވާ އަށް ފަސްޓް ކްލާހުގައި ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ރައީސް އޮފީހުން މިއަދު އާންމުކޮށްފި އެވެ.
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ޗައިނާ އާއި ޖެނީވާ އަށް ފަސްޓް ކްލާހުގައި ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ރައީސް އޮފީހުން މިއަދު އާންމުކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުން ކުރާ ހަރަދުތަކުގެ ތަފުސީލް ދެ ހަފްތާގެ ތެރޭގައި ހާމަކުރަން ރައީސް އޮފީހުން ނިންމި ސިޔާސަތުގެ ދަށުން މިއަދު އާންމުކުރި ތަފްސީލުގައިވާ ގޮތުގައި ޗައިނާ ދަތުރުފުޅަށް ހަރަދުވެފައިވަނީ 180،735.9 ރުފިޔާ އެވެ. ޖެނީވާ ދަތުރުފުޅަށް 595،779 ރުފިޔާ ވަނީ ހަރަދުވެފަ އެވެ. މިއީ އެ މަނިކުފާނު ނައިބު ރައީސްގެ ހައިސިއްޔަތުން ރާއްޖެ އިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ރައީސާއި ނައިބު ރައީސް ބިޒްނަސް ކްލާހަށް ވުރެ މަތިން ދަތުރުފުޅު ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވީ ނަމަވެސް، މާލެ އިން ޗައިނާ އަށް އަދި ޗައިނާ އިން ޖެނީވާ އަށް އަދި އެނބުރި މާލެ އަށް ނައިބު ރައީސް ދަތުރުފުޅު ކުރައްވާފައިވަނީ ފަސްޓް ކްލާހުގަ އެވެ. ފަސްޓު ކްލާހުގެ ޓިކެޓުގެ ހަރަދަށް 353،750 ރުފިޔާ ވަނީ ހަރަދުވެފަ އެވެ.
ދަތުރުފުޅުގެ އެހެނިހެން ބައިވެރިން ދަތުރުކުރެއްވީ ބިޒްނަސް އަދި އިކޮނޮމީ ކްލާހުގަ އެވެ.
ރައީސް އޮފީހުން ބުނީ، ނައިބު ރައީސް ޗައިނާ އާއި ޖެނީވާ އަށް ފަސްޓް ކްލާހުގައި ދަތުރުފުޅު ކުރެއްވީ ބިޒްނަސް ކްލާހުން ޖާގަ ލިބިވަޑައިނުގަތުމުން ކަމަށެވެ.
ނައިބު ރައީސްގެ ވަފުދަށް ޗައިނާގައި އެކޮމޮޑޭޝަނާއި ފަރިއްކޮޅުގެ ހަރަދާއި އެތެރޭގެ ދަތުރުފަތުރުގެ ހަރަދު ހަމަޖެއްސީ ޗައިނާ ސަރުކާރުންނެވެ. ޖެނީވާ ދަތުރުފުޅުގެ ހުރިހާ ހަރަދެއް ވެސް ކޮށްފައިވަނީ ދައުލަތުގެ ބަޖެޓުންނެވެ.
ދެ ދުވަހުގެ ދަތުރުފުޅަކަށް ނައިބު ރައީސް ޗައިނާއަށް ވަޑައިގެންނެވީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީއިން އިންތިޒާމުކޮށްގެން ބޭއްވި "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ބައިވެރިވެވަޑައިގެންނެވުމަށެވެ.
އޭގެ ފަހުން ޖެނީވާއަށް ވަޑައިގެންނެވީ "ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު "ހިއުމަން ރައިޓްސް 75" ގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. އެއީ ވެސް ދެ ދުވަހުގެ ދަތުރުފުޅެކެވެ.
ނައިބު ރައީސް މޮންޓަނޭގްރޯ ދަތުރަށް 6 ލައްކަ ރުފިޔާ
އިރާނާއި ޕެރިސް ދަތުރުފުޅަށް 1.8 މިލިއަން
އަހަރުތަކަކަށް ފަހު ރާއްޖޭގެ ނައިބު ރައީސަކު އީރާނަށް
އޮލިމްޕިކްސްގެ ރަސްމިއްޔާތަށް ނައިބު ރައީސް ޕެރިހަށް
ރައީސްގެ ރަސްމީ ދަތުރުތަކުގެ ހަރަދުތައް ހާމަކުރަނީ
ރައީސްގެ ދެކަނބަލުން ހދ. ގެ ތިން ރަށަކަށް
ޔޫއޭއީ ދަތުރުފުޅަށް ފަހު ރައީސް ރާއްޖެ ވަޑައިގެންފި
ގޯލްޑް ކަޕް: ފަރެސްމާތޮޑާ ޓީމުގައި ނައިބް ރައީސް
ތައުލީމަށް ހިދުމަތް ކުރުމުގެ މަތީ ޝަރަފު ޑރ.ޒާހިރަށް
ފުޓްބޯޅަ ކޮޅަށްނެގުމަކީ ގައުމީ މަސައްކަތެއް:ނައިބުރައީސް