ރާއްޖޭގެ ފެނާއި ނަރުދަމާގެ ނިޒާމު އިތުރަށް ތަރައްގީކުރުމަށްޓަކައި ދިވެހި ސަރުކާރާއި ތުރުކީ ސަރުކާރާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
14 އޯގަސްޓް 2024
ރާއްޖޭގެ ފެނާއި ނަރުދަމާގެ ނިޒާމު އިތުރަށް ތަރައްގީކުރުމަށްޓަކައި ދިވެހި ސަރުކާރާއި ތުރުކީ ސަރުކާރާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
އެންވައިރަމެންޓް މިނިސްޓްރީން ބުނީ މި ފަހުމުނާމާއަކީ ފެނާއި ނަރުދަމާގެ ދާއިރާ ތަރައްގީ ކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ފަންނީ ތަޖުރިބާ ބަދަލުކުރުމުގެ މަގްސަދުގައި ވެވޭ ފަހުމުނާމާއެއް ކަމަށެވެ.
މި ފަހުމުނާމާގެ ތެރެއިން މި ދާއިރާއިން މީހުން ތަމްރީނު ކުރުމާއި، ދާއިރާއާ ގުޅޭ ބައިނަލްއަގްވާމީ ކޮންފަރެންސްތަކުގައި ދެ ގައުމު ގުޅިގެން ބައިވެރިވެ، ދާއިރާއަށް ކުރިއެރުން ހޯދުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރާނެ ކަމަށް އެންވައިރަމެންޓް މިނިސްޓްރީން ބުންޏެވެ.
ތުރުކީއާއެކު އެމްއޯޔޫގައި ސޮއިކުރުމަށް އޮންލައިންކޮށް މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އެންވައިރެމެންޓް މިނިސްޓްރީ
އޮންލައިންކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ރާއްޖޭގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރައްވާފައިވަނީ އެންވައިރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ. ތުރުކީއިން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އިސްތަންބޫލް ވޯޓާ އެންޑް ސުވަރެޖް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޖެނެރަލް ޑިރެކްޓަރެވެ.
އެންވައިރަމެންޓް މިނިސްޓްރީން ބުނީ މި ފަހުމުނާމާގެ ސަބަބުން ފެނާއި ނަރުދަމާގެ ދާއިރާ ތަރައްގީކުރުމަށް ދެ ގައުމު ގުޅިގެން ގިނަ މަސައްކަތްތަކެެއް ކުރެވިގެން ދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ފެންބޮޑުވާ މައްސަލަ ހައްލުކުރަން އާ ހޮޅިތަކެއް އަޅަނީ
ފޭދޫގެ ފެން ހިންދާ ނިޒާމު ކައުންސިލާ ހަވާލުކޮށްފި
ފެނާއި ނަރުދަމާގެ ސްޓްރެޓެޖިކް ޕްލޭން ތައާރަފުކޮށްފި
އެޗުއާރުސީއެމަށް: އެހެން ރަށްރަށުގެ ހާލަތު ވެސް ބަލާ!
އައްޑޫގެ ތިން އަވަށެއްގެ ނަރުދަމާގެ މަސައްކަތް ނިމެނީ
ޖޫރިމަނާ ކުރީ އެންވަޔަރަމަންޓް މިނިސްޓްރީގެ އިހުމާލުން
ނައިފަރާއި ވޭމަންޑޫގެ ނަރުދަމާގެ އެއްބަސްވުން ބާތިލް
އައްޑޫގެ ބޮޑު ބަޔަކަށް ސެޕްޓެމްބަރުގައި ނަރުދަމާ ލިބޭނެ
ނަރުދަމާ ގާއިމުކުރަން ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ
20 ރަށެއްގެ ނަރުދަމާއަށް 800 މިލިއަންގެ މަޝްރޫއެއް